ރާއްޖޭގެ ޒަކާތު ހައުސްގެ އެހީ ފަލަސްތީނުގެ ޣައްޒާއަށް ފޯރު ކޮށްދީފިއެވެ.
ޒަކާތު ހައުސްއިން ޣައްޒާ އަށް އެހީ ފޯރު ކޮށްދީފައިވަނީ ގަތަރު ރެޑް ކްރެސެންޓު މެދުވެރިކޮށެވެ.
މިއަދު ގަތަރު ރެޑް ކްރެސެންޓުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ޒަކާތު ހައުސް އިން ދިން ފައިސާގެ އެހީ ބޭނުން ކޮށްގެން ޣައްޒާގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގް ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން ބޭނުން ޖެހިފައިވާ 60،000 މީހުންނަށް އެ ފައިސާ ބޭނުން ކޮށްގެން އެހީގެ ގޮތުގައި 50،000 ކޭސް ފެން ފޯރު ކޮށްދީފައިވާ ކަމަށް ޕޯސްޓުގައި ވެއެވެ.
އަދި އޭގެ ތެރެއިން 6000 ކޭސް ފެން ޣައްޒާ އަލް-ޝިފާ ހޮސްޕިޓަލް އަދި އަލް-ހަޔަަތު ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ހަދިޔާ ކޮށްފައިވާ ކަމަށް ޕޯސްޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު