ރާއްޖެ ގެނެސް ބިކަކޮށްލި އިންޑިއާގެ ލޭބަރުންތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ރާއްޖޭގައި ހާލުގައި ޖެހިފައިތިބި އިންޑިއާގެ 40 ލޭބަރުންގެ މައްސަލަ ފެންމަތިވީ އެ މީހުން އިންޑިއާ ސަރުކާރުގެ އެހީއަށް އެދި ކުރި ވީޑިއޯ މެސެޖަކުން ނެވެ.
އެ މީހުން ބުނީ ރަނާޓުސް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރުމަށް ރާއްޖެއައީ މީގެ ފަސް މަސް ދުވަސް ކުރިން ކަމަށެވެ.
އަދި އެ މީހުން ރާއްޖެ އައިއިރު މަހަކު 25 ހާހާއި 30 ހާހާއި ދެމެދުގެ އަދަދެއްގެ އިންޑިއާ ރުޕީސްއަށް ވާވަރަށް މުސާރަ ލިބޭނެ ކަމަށް ބުނި ކަމަށް އެމީހުން ބުނެފައި ވެއެވެ.
އެހެން ނަމަވެސް އެ މީހުންނަށް މުސާރަ ދިނީ އެންމެ މަހަކު ކަމަށާއި އަދި އޭގެ ފަހުން ދެ މަހު ދިނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް އެމީހުން ބުނެފައި ވެއެވެ.
އެ މައްސަލަ އިންޑިއާގެ ސަރުކާރުގެ ސަމާލުކަމަށް އައުމުން ވަނީ އެކަން ރާއްޖޭގެ އިދާރާތަކާ ގުޅިގެން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާގެ ޕްރޮޓެކްޓާ އޮފް އެމިގްރެންޓްސް އޮފީހުން ބުނެފަ އެވެ.
އޭގެ ފަހުން ރޭ ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު