ރާއްޖެ ގެނެސް ބިކަކޮށްލި އިންޑިއާގެ ލޭބަރުން ފުރުވާލުމުގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގައި ހާލުގައި ޖެހިފައިތިބި އިންޑިއާގެ 40 ލޭބަރުންގެ މައްސަލަ ފެންމަތިވީ އެ މީހުން އިންޑިއާ ސަރުކާރުގެ އެހީއަށް އެދި ކުރި ވީޑިއޯ މެސެޖަކުން ނެވެ. އެއާއެކު އިންޑިއާއިން އެ މައްސަލަ ދިވެހި ސަރުކާރުގެ ސަމާލުކަމަށް ވެސް އޮތީ ގެނެސްފަ އެވެ.
ރަނާޓުސް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރަން މީގެ ފަސް މަސް ކުރިން އައި ލޭބަރުންނަށް މުސާރަ ދިނީ އެންމެ މަހަކު ކަމަށާއި އަދި އޭގެ ފަހުން ދެ މަހު ދިނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް އެމީހުން ބުނެފައި ވެއެވެ.
އެ މައްސަލަ ރާއްޖޭގެ ފުލުހުންވެސް ބަލަން ފަށާފައިވާ އިރު ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ލޭބަރުންނަށް މުސާރަ ނުލިބޭ މައްސަލައާއެކު އެނބުރި ގައުމަށް ދާން ބޭނުން ކަމަށް އެ އޮތޯރިޓީއަށް އޮތީ ހުށަހަޅާފައި ކަމަށެވެ.
އެހެންވެ އެ ލޭބަރުން ގެނައި ކުންފުންޏާއެކު މުއާމަލާތްކުރުމުން މުސާރަ ދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައި ވެެއެވެ.
އަދި އެނބުރި ގައުމަށް ދާން ބޭނުންވާ މުވައްޒަފުން ފުރުވާލުމުގެ އިންތިޒާމްތައް ކުންފުނިން ހަަމަޖައްސަމުންދާ ކަމަށް ވެސް ބުނެފައިވާ ކަމަށް އެ އޮަތޯރިޓީން ބުނެފައި ވެއެވެ.
ލޭބަރުންގެ މައްސަލަ ހައްލުކުރަން އެ ކުންފުންޏާއެކު މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވެސް އެ އޮތޯރިޓީން ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު