ފުލުހުން ތަހުގީގު ކުރަމުންދާ ބިންވެރިޔާ ސްކީމުގެ މައްސަލައާ ގުޅިގެން މިހާރު ސަސްޕެންޑުގައި ހުރި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލުގެ ފޯނު ހިފަހައްޓައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ބިންވެރިޔާ ހައުސިން ސްކީމާ ގުޅުން ހުރި މައްސަލައަކާ ގުޅިގެން ކޯޓު އަމުރުގެ ދަށުން މިއަދު ފަޒީލުގެ ފޯނު ހިފަހައްޓާފައިވާ ކަމަށެވެ.
ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީ އިން ގޯތި ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު މިހާރު ފުލުހުންނާއި އޭސީސީއާ ގުޅިގެން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގައި ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒީލް ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއްވެސް ވަނީ މީސް މީޑިޔާގައި އާންމުވެފައެވެ. އެގޮތުން އޭނާއަށް ލިބުނު ގޯތީގެ ވަށާ ފާރު ވެސް ހުރީ ރާނާފައެވެ.
ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު "ބިންވެރިޔާ" ސްކީމްގެ ލިސްޓުގައި ފަޒީލް ހިމެނުނީ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު