ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލް ކައިރިޔަށް ހަމަލާދީ 50 މީހުން މަރާލައިފިއެވެ.
ބޭރުގެ މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވީ އެ ހޮސްޕިޓަލުގެ ކައިރީގައި ހުރި އިމާރާތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަސް މެޑިކަލް ސްޓާފުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 50 މީހުން މަރުވެފައިވާ ކަމަށެވެ.
މި ހާދިސާގެ އިތުރުން އިސްރާއީލުން ޣައްޒާ ސިޓީގެ ގެއަކަށް ރޭގަނޑު ހަމަލާދީ ނުވަ މީހަކު މަރާލާފައިވާ ކަމަށްވެސް ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާ އިން ބުނެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައި ކުރާ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ލައްކަ ބަޔަކު ވަނީ މަގުމަތިވެފައެވެ. އަދި ޓެންޓުތަކުގައި ބޯހިޔާވަހިކަން ހޯދަމުންދާ ފަރާތްތަކަށްވެސް އިސްރާއީލުގެ ލާއިންސާނީ ސިފައިން ހުރަސްއަޅައި އަނިޔާކުރަމުންދާއިރު ބޭރުގެ އެހީދޭ ފަރާތްތަކުން ގެންދާ އެހީތައްވެސް ދަނީ ލޫޓުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު