މަންމޯހަން ސިންގް ރާއްޖެއަށް 2011 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން--
މަންމޯހަން ސިންގް ރާއްޖެއަށް 2011 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން--
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިިންގް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު ރޭގެ ވަގުތެއްގައި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް)ގެ ފަރުވާ ދެމުން ގެންދަނިކޮށް މަންމޯހަން ސިންގް އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ.

ރައީސް މުއިއްޒު ރޭ ވިދާޅުވީ މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން އެ ހިތާމައިގައި އެމަނިކުފާނާއި ދިވެހި ރައްޔިތުން ބައިވެރިވާ ކަމަށެވެ.

މިއީ މަންމޯހަން ސިންގްގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ހިތާމަވެރި ދަނޑިވަޅިވަޅެއްކަން ފާހަގަކުރައްވައި ރައީސް ތައުޒިޔާ ވިދާޅުވި އެވެ.

މަންމޯހަން ސިންގް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 އިން 2014 އަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްވެސް ސިންގް ކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މަންމޯހަން ސިންގް ރާއްޖެއަށް ކުރެއްވި ދަރުރުފުޅާއެކު ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް މުހިިންމު ކުރިއެރުންތަކެއް އައި ކަމަށެވެ.

ހަމަ އެހެންމެ މަންމޯހަން ސިންގްއަކީ ތަަރައްގީ ގެނައުމަށް މަސައްކަތް ކުރެއްވުމުގައި ސާބިތު ކަމާއެކު ހުންނެވީ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ގެންގުޅުއްވި "ލުކް އީސްޓް އޭޝިއާ" ޕޮލިސީއިން ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިވުމަށް މުހިންމު ދައުރެއް އަދާކުރި ކަމަށް ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން