ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓުނު ފަހުން ތުރުކީގައި ތިބި ސީރިއާގެ ތިން މިލިއަން ރެފިއުޖީންގެ ތެރެއިން 30،000 އަށް ވުރެ ގިނަ މީހުން އެނބުރި ސީރިޔާއަށް ގޮސްފައިވާ ކަމަށް ތުރުކިޔޭއިން ބުނެފިއެވެ.
ތުރުކިޔޭގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ސީރިޔާއަށް އެނބުރި ދިޔަ މީހުންގެ އަދަދު މިހާރު 31،000 އަށް އަރާ ކަމަށެވެ.
ހުކުރު ދުވަހު ތުރުކިޔޭގައި ވަނީ އަލްއަސަދުގެ ވެރިކަމާއި 13 އަހަރުގެ ދާޚިލީ ހަނގުރާމައިގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ޝަރަފުގައި އުފާފާޅުކުރުންތައްވެސް ބާއްވާފައެވެ.
2011 ވަނަ އަހަރު ހަނގުރާމައަށް ފަހު އެތައް މިލިއަން ބަޔަކު ސީރިއާ އިން ފިލައިގެން ދިޔަ ނަމަވެސް ޑިސެމްބަރު އަށެއްގައި އަލްއަސަދުގެ އަނިޔާވެރި ސަރުކާރު ވެއްޓުނު ފަހުން ގިނަ ބަޔަކު އެނބުރި ސީރިޔާއަށް އަންނާނެ ކަމުގެ އުންމީދުތައް ވަނީ އާވެފައެވެ.
އަސަދުގެ ސަރުކާރު ވެއްޓުމާއެކު ސީރިޔާގެ އިދިކޮޅު ލީޑަރުން ވަނީ ގައުމު ހަމަމަގަށް އަޅުވައި އަލުން ރައްޔިތުންނަށް އުންމީދު އާކޮށްދޭނެ ކަމަށް ބުނެފައެވެ. އަދި ސީރިޔާ އަލުން ބިނާކުރުމަށް މެދުއިރުމަތީގެ ގައުމުތަކުންވެސް ވަނީ އެހީވާނޭކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު