މެލޭޝިއާގެ ކުއަލަރަމްޕޫރާއިއި ންޑިއާގެ ޓްރެވެންޑްރަމްގައި ރާއްޖެ އަންނަން ބޭނުންވެ ނާދެވި ތާށިވެފައި ތިބި މީހުން ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ދަތުރުތަކެއް ވަރަށް އަވަހަށް ބާއްވާނެ ކަމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޓްރެވެންޑްރަމާއި މެލޭޝިއާގައި ވެސް ގިނަ ދިވެހިންތަކެއް ރާއްޖެ އަންނަން ބޭނުންވެފައި އެބަ ތިއްބެވެ. ކޯވިޑް-19 އާއި ގުޅިގެން މިދެޤައުމުން ވެސް ވަނީ އާންމު ދަތުރުފަތުރުގެ ނިޒާމު މުޅިން ހުއްޓާލާފައެވެ. ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އެ ދެ ޤައުމަށް ކުރާ ދަތުރުތަކުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.
ކޯވިޑް-19 އާއި ބެހޭ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ފަރާތުން ވާހަކަ ދެއްކެވި މޫސާ ވަސީމު ވިދާޅުވީ އެ ދެ ޤައުމުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
މޯލްޑިވިއަންއިން ވަނީ ކޮލަމްބޯ އަށާއި، އިންޑިޔާގެ ކޮޗިން އަށްވެސް ފްލައިޓް ތަކެއް ބޭއްވުމަށް ނިންމާފައެވެ. ނޭޕާލާއި ބަންގްލަދޭޝްގައި ތިބި މަތީތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންވެސް ދަނީ އެމީހުން އެނބުރި ގައުމަށް ގެނެސްދިނުމަށް އެދެމުންނެވެ. އަދި ސަރުކާރުން ބުނެފައިވަނީ އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު