އެމްޑީޕީގެ ކުރީގެ ރައީސް އިބްރާ
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާ
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވައްކަން ނުކުރާނެ ކަމަށް ވިދާޅުވެ އޭނާގެ ދިފާއުގައި ބޭބެ އިބްރާހިމް އިސްމާޢީލް (އިބްރާ) ނިކުންނަވައިފިއެވެ.

މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާ ވިދާޅުވީ ސިޔާސީ ކަންކަމުގައި ބައެެއް ފަހަރު ފައްޔާޒާއި ދެބަސްވާން ޖެހުނު ނަމަވެސް ފައްޔާޒް ވައްކަން ނުކުރާނެކަން ކަށަވަރުވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އެނބުރެމުންދާ ގޮތާމެދު މިހާތަނަށް ވަކި އެއްޗެއް ނުބުނެ ހުރި ނަމަވެސް ފައްޔާޒް ވައްކަން ކުރާކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކަށް ޖަވާބު ދެއްވާނެ ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި ސިޔާސީ ކަންކަމުގައި ފައްޔާޒާއި ދެބަސްވާން ޖެހުނު ނަމަވެސް ފައްޔާޒް ނުކުރާނެ ކަންތައްތައް ހުންނާނެ ކަމަށް އިބްރާ ވިދާޅުވިއެވެ.

“ވަރަށް ސާފުކޮށް އެއްވާހަކަ ބުނާނަމެވެ. ފައްޔާޒުއެއް ވައްކަމެއް ނުކުރެއެވެ. ނުކުރާނެއެވެ. ޝައްކެއްނެތް މިންވަރަށް، އިންޞާފުވެރި ޝަރީޢަތެއްގައި އޭނާ ވައްކަމެއް ކުރިކަން ސާބިތު ނުވާހައި ހިނދަކު، އެވާހަކަ އަހުރެން ޤަބޫލެއް ނުކުރާނަމެވެ. އަދި އެކަމުގައި އޭނާ ދިފާޢުވެސް ކުރާނަމެވެ. ސިޔާސީގޮތުން އަދިވެސް ދެބަސްވާން ޖެހިދާނެއެވެ.”އިބްރާ ވިދާޅުވިއެވެ.



އިބްރާ މިހެން ވިދާޅުވެފައިވާއިރު ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގައި އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދިން ފައިސާގެ މަައްސަލަތަކާ ގުޅިގެން ފައްޔާޒްގެ މައްޗަށް ޖިނާއީ ތަހުގީގެއް މިހާރުވަނީ ފަށާފައެވެ.

އޭގެ އިތުރުން ނިމިދިޔަ ސަރުކާރުގައި އެކުލަވާލި ބަދަލުދިނުމުގެ ނުވަ އެއްބަސްވުމެއް ބާތިލުކުރަން ނިންމިކަން އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ހާމަކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން