އައިޖީއެމް ހޮސްޕިޓަލްގައި ކުރެވުނު ފުރަތަމަ ކީ ހޯލް އޮޕަރޭޝަން (ފޮޓޯ:- ޕީއެސްއެމް ނިއުސް)
އައިޖީއެމް ހޮސްޕިޓަލްގައި ކުރެވުނު ފުރަތަމަ ކީ ހޯލް އޮޕަރޭޝަން (ފޮޓޯ:- ޕީއެސްއެމް ނިއުސް)
ބަލިމީހާގެ އަތުގައި އައިޑީކާޑު ނެތް ނަމަވެސް، އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އާސަންދައިގެ ޚިދުމަތް ދިނުމަށް އާސަންދަ ކުންފުނިން ނިންމައިފިއެވެ.

އާސަންދައިން ބުނީ ކޯވިޑް-19 އާއި ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، އާސަންދަ ޚިދުމަތްދޭ ހުރިހާ މަރުކަޒަކުންވެސް، ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތިއްޖެ ޙާލަތެއްގައި، އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހެޅޭނެ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން އާސަންދައިން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އެގޮތުން ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް، އާސަންދައިގެ ޚިދުމަތްލިބޭ ހުރިހާ ފާމަސީތަކުން ބޭސް ސިޓީ އާނުކޮށް ބޭސް ނެގޭނެގޮތަށް ވެސް އާސަންދައިން ވަނީ ހަމަޖައްސާފައެވެ.

ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތި، ނަންބަރު ފެންނަ ފޮޓޯއެއް ހުށަހެޅުމުން އާސަންދައިގެ ޚިދުމަތް އެމީހަކަށް ލިބިދެވޭނެ އިންތިޒާމު އާސަންދަ ކުންފުނިން ހަމަޖައްސާފައިވާ ކަމަށް ވެސް އާސަންދައިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ބޭސްދޫކުރުމުގެ ޚިދުމަތް ހިމެނޭކަމަށް އާސަންދައިން ބުނެފައިވެއެވެ.

ޑިޕާރޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން މިހާރުވަނީ ޖެނުއަރީ މަހުގެ އެކެއްގެ ފަހުން މުއްދަތު ހަމަވެފައިވާ އައި ކާޑުތަކަށް ޚިދުމަތް ދިނުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން