ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު އެކަނިވެސް 70 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި، ޣައްޒާގެ މެދުތެރޭގައި އޮންނަ ނުޞައިރާތު ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ ހާލުގައި ޖެހިފައިވާ މީހުންނަށް އިސްރާއީލުން ވަނީ ވަރުގަދަ ހަމަލާތަކެއް ރޭގައި ދީފައެވެ.
ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އިސްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް 34 ވައިގެ ހަމަލާ ދީފައިވާ ކަމަށާއި މި ހަމަލާތަކުގައި މިހާތަނަށް 71 އާންމުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތެއް ކަމަށްވާ އަލްޙައްޤް އިން ބުނާ ގޮތުގައި އިސްރާއީލުން ދަނީ ގަދަކަމުން ޣައްޒާގެ ރައްޔިތުން އެމީހުން ދިރިއުޅޭ ތަންތަނުން ބޭރުކޮށް ހިޖުރަކުރުމަށް ބާރުއަޅަމުންނެވެ. އަދި ޣައްޒާގައި މިހާރު ރައްކާތެރި އެއްވެސް ސަރަހައްދެއް ނެތް ކަމަށްވެސް އެ ޖަމާއަތުން ބުނެއެވެ.
އެމެރިކާގެ ފުރިހަމަ ތާއީދާއެކު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން 45،581 ފަލަސްތީނު މީހުން މަރުވެ 108،438 މީހުން ވަނީ ޒަޚަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު