މިނިސްޓަރ ހަލީލް އިންޑިއާގެ ނޫހަށް އިންޓަވިއު ދެއްވަނީ -
މިނިސްޓަރ ހަލީލް އިންޑިއާގެ ނޫހަށް އިންޓަވިއު ދެއްވަނީ -
އިންޑިއާ އައުޓު ހަރަކާތަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވިސްނުންފުޅަށް އެމަނިކުފާނު ހިންގެވި ހަރަކާތެއް ކަމަށާއި އެއީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް މިހެން ވިދާޅުވީ، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގެ "ވިއޯން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި ޚަލީލް ވިދާޅުވީ، އިންޑިއާ އައުޓްގެ ނަމުގައި ހިންގި ހަރަކާތަކީ އޭރު ޕާޓީގެ ލީޑަރަކަށް ހުންނެވި ކުރީގެ ރައީސް ޔާމީންގެ ވިސްނުންފުޅަށް އެމަނިކުފާނު ހިންގެވި ހަރަކާތެއް ކަމަށެވެ. އަދި މިހާރު ޔާމީން ހުންނެވީ މި ސަރުކާރާ ފެއަށް ޖެހިވަޑައިގެން އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިގެން ކަމަށާއި މިހާރު އެއީ މި ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް ޚަލީލް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު ވަޑައިގަންނަވާނީ އިންޑިއާއާ އެކު ގުޅުން އިތުރަށް ވަރުގަދަ ކުރައްވަމުން، ކުރިއަށްކަމަށް ތަކުރާރުކޮށް ވިދާޅުވެފައިކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ އިންޑިއާއާ އެކު ރާއްޖެއިން ވަނީ އިކޮނޮމިކް ގުޅުންތަކާއި ސެކިއުރިޓީ ގުޅުންތައް ވެސް ގާއިމު ކޮށްފައި ކަމަށާއި ރައީސްގެ ސިޔާސަތާއެކު އެ ގުޅުންތައް ދަނީ ބަދަހިވަމުން ކަމަށެވެ.

އެހެންކަމުން މާޒީއަށް ނުބަލާ މި ސަރުކާރުން ދާނީ އިންޑިއާއާ އެކު ކުރިއަށް ކަމަށް ޚަލީލް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައި ދުވަސްވަރު އިންޑިއާ އާއިއެކު އޮތް ގުޅުމަށް ބޮޑެތި ލޮޅުންތަކެއް އަރާ ދެ ގައުމުގެ ގުޅުމަށް އަސަރުތަކެއް ވެސް ކޮށްފައިވަނިކޮށް އެ ގުޅުން ރަނގަޅު ކުރުމަށް ރައީސްގެ އިސްނެންގެވުމުގެ މަތިން ގިނަ މަސައްކަތްތަކެއް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް، ބޭރުގެ މީޑިއާތަކުން ހާއްސަ ގޮތެއްގައި އިންޑިއާގެ މީޑިއާތަކުން ރާއްޖޭގެ ވަފުދުތައް އެ ގައުމަށް ކުރާ ދަތުރުތަކުގައި ދެ ގައުމުގެ ގުޅުމާމެދު އަދިވެސް ގިނަ ސުވާލުތަކެއް ކުރިމަތި ކުރާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން