މޯލްޑިވްސް ކަސްޓަމްސް ސަރވިސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ކަސްޓަމްސް އޮފިސަރުންތަކަކަށް ތުހުމަތުކުރެވޭ 400 މިލިއަން ރުފިޔާގެ ޚިޔާނާތުގެ އަޑުތަކެއް ފެންމަތިވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑީއާއަކުން މިއަދު ރިޕޯޓް ކޮށްފައިވަނީ ނާޖާއިޒު ގޮތުގައި ފައިސާ ހޯދައި، 400 މިލިއަނެއްހައި ރުފިޔާ އެކައުންޓުތަކުގައި ދައުރުކުރި ކަސްޓަމްސްގެ 20 އޮފިސަރެއްގެ މައްސަލަ ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

އެހެން ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތުން މި ޚަބަރުގެ ސައްޙަކަން މިހާތަނަށް ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ހަމައެކަނި ވިދާޅުވެފައިވަނީ “ވިލް ޗެކް” ކަމަށެވެ.

ކަސްޓަމްސްގެ އޮފިސަރުންނަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ މައްސަލަ ފެންމަތިކުރި މީޑިއާއިން ބުނެފައިވަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސުން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިން އެ 20 އޮފިސަރުން ނާޖާއިޒް ގޮތުގައި ހޯދި ފައިސާގެ މައްސަލަ ދިވެހި ފުލުހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ބަލަމުންދާ ކަމަށެވެ.

ހަމައެއާއެކު ބައެއް އޮފިސަރުންގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާ ކަމަށްވެސް އެ މީޑިއާގައި ވަނީ ރިޕޯޓް ކޮށްފައެވެ.

ކަސްޓަމްސް އޮފިސަރުންތަކެއްގެ މައްޗަށް ތުހުމަތުކުރެވޭ 400 މިލިއަން ރުފިޔާގެ ޚިޔާނާތުގެ އަޑުތަކެއް މީޑިއާގެ ސަމާލުކަމަށް އައިސްފައިވާއިރު ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވުޒާރާގެ ދަށުން ހިންގާ ހުރިހާ މުއައްސަސާއެއްގެ ޔުނީފޯމު އެޅި ކޮންމެ މީހަކީ ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ މީހެއްކަން ކަށަވަރު ކުރައްވާނެކަމަށް ވަޒީރު ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން