އެމްއެންޑީއެފް ކޯސްޓްގާޑް--
އެމްއެންޑީއެފް ކޯސްޓްގާޑް--
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑީއާތަކާ ހިއްސާ ކުރި މެސެޖެއްގައި ބުނީ ގެއްލިގެން ހޯދަނީ އދ. އަތޮޅުގެ ރިސޯޓެއްގެ ކައިރީގައި އޮތް ސަފާރީއެއްގައި އުޅުނު ނ. ހޮޅުދޫ/ ސީވީޑް، އަލީ އަރުޝަދު (35 އަހަރު) ކަމަށެވެ.

ފުލުހުން ބުނީ ސީސީޓީވީ ފުޓޭޖް ބެލިއިރު އަރުޝަދު ރޭ ސަފާރީގެ ޑެކު މަތީގައި ހުއްޓައި އޭނާ ކަނޑަށް ވެއްޓޭ މަންޒަރު ފެންނަ ކަމަށެވެ.

އެހެންވެ އަރުޝަދު ހޯދުމަށް އެމްއެންޑީއެފްއާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން