ރައީސް ޞާލިޙްގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އަލުން އެމްޑީޕީއަށް ސޮއިކުރަށްވައިފިއެވެ.
އެގޮތުން ޑިމޮކްރެޓްސްގެ ރަނިންމޭޓެއްގެ ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޙުސައިން އަމްރާއި ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވަނީ އެމްޑީޕީ އަށް ސޮއިކުރަށްވާފައެވެ.
އޭގެ އިތުރުން، އެމްޑީޕީގައި ކުރިން އިސް ދައުރެއް އަދާކުރަށްވަމުން ގެންދެވި އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ވެސް ވަނީ އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންފައެވެ. މި ބޭފުޅުން އެމްޑީޕީއަށް ގުޅިވަޑައިގެންފައިވަނީ އިއްޔެ އާއި ރޭގެ ވަގުތުތަކުގައެވެ.
މި ހަތަރު ބޭފުޅުންގެ ތެރެއިން އާޒިމަކީ އެމްޑީޕީން ވަކިކޮށްފައި ހުރި ބޭފުޅެކެވެ.
މި ބޭފުޅުން އެމްޑީޕީއަށް ސޮއި ކުރަށްވާފައިވާކަން ކަށަވަރު ކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ރޭ ވިދާޅުވީ ސިޔާސީ އިސްލާހީ މަސައްކަތުގައި އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނެ ޖާގަ އޮތީ އެމްޑީޕީގައި ކަމަށެވެ. އަދި ސިޔާސީ ކުރިމަގު ހޯދަން އެދޭ ކޮންމެ މީހަކަށް އެމްޑީޕީ އޮތީ ތަންމިނަށް ހުޅުވިފައި ކަމަށްވެސް ޢަލީ ނިޔާޒް ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރާ ފަރާތްތަކުން އުފެއްދި ޕާޓީއެކެވެ. އެޕާޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައެވެ. 15000 އަށް ވުރެ ގިނަ ވޯޓް ހޯއްދައިގެން އިލްޔާސް ވަނީ އިންތިހާބުގައި 03 ވަނަ ހޯއްދަވާފައެވެ.
2023 ވަނަ އަހަރުގެ ޖުލައިމަހު 12 ވަނަ ދުވަހު އުފެއްދި ޑިމޮކްރެޓްސްގެ ދަފްތަރުގައި 3280 މެންބަރުން ތިބިކަމަށް އީސީގެ ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު