ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ހަސަން ލަތީފް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
ހަަސަން ލަތީފް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތްކަން ޕާޓީން މިއަދު އެކްސްގައި ވަނީ ކަށްވަރުކޮށްދީފަ އެވެ. އަދި އެ ޕޯސްޓުގައި ހަސަން ލަތީފަށް ވަނީ މަރުހަބާވެސް ކިޔައިފަ އެވެ.
ހަސަން ޑިމޮކްރެޓްސްއިން އިސްތިއުފާ ދެއްވީ ނިމިގެން ދިޔަ ހަފްތާގަ އެވެ.
ހަސަން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި އިރު ޑިމޮކްރެޓްސްގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އާއި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ހުސެއިން އަމްރާއި ޑިމޮކްރެޓްސްގެ ކުރީގެ ޕީޖީ ލީޑަރ އަލީ އާޒިމް ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާޢީދުކުރާ ފަރާތްތަކުން އުފެއްދި ޕާޓީއެކެވެ. ނަމަވެސް ފަހަކަށް އައިސް އެ ޕާޓީގެ ހަރަކާތްތައް އޮތީ މަޑުޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު