މަރްޔަމް ނަހްދާ ވަޙީދު   13 ޖެނުއަރީ 2025 - 3:24
ތާބޫ- ގޫގުލް އިމޭޖެސް
ތާބޫ- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ތާބޫ ވެސް "ބޫތު ބަންގްލާ" ގެ ކާސްޓަަ ގުޅިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގަައި ބުނެފައިވަނީ ބޫތު ބަންގަލާ ގެ ކާސްޓާ ގުޅިފައިވާކަން ހާމަކޮށް ތާބޫ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާ ކޮށްފައި ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ފިލްމުގެ ޝޫޓުތައް މިދިޔަ ހަފްތާގައި ވަނީ ޖެއިޕޫރުގައި ފަށާފައެވެ.

މި ފިލްމުގެ ލީޑު ތަރިއަކީ އަކްޝޭ ކުމާރުއެވެ. މިއީ 20 އަހަރަށްފަހު އަކްޝޭ އާއި ތާބޫ ސްކްރީނުގައި އެކީ ފެނިގެންދާ ފިލްމު ކަމުން އެތައް ބަޔަކު ތިބީ މި ފިލްމު ނެރޭނެ ދުވަހަކަށް ކެތްމަދުވެފައެވެ. މީގެ އިތުރުން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕަރޭޝް ރަވަލްވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ބިރުވެރި ކޮމެޑީ ފިލްމު ޑައިރެކްޓު ކުރަނީ ޕްރިޔާ ދަރްޝަން އެވެ. މިއީ ޕްރިޔާދަރްޝަން އާއި އަކްޝޭ 14 އަހަރަށްފަހު އެކުގައި މަސައްކަތް ކުރާ ފިލްމެވެ. މިކަން ހާމަކޮށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އަކްޝޭ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ވެސް ހިއްސާ ކޮށްފައެވެ.

އެތައް ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ތިއޭޓަރުތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2026 ގެ އެޕްރިލް 2 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން