މި ފަހުން ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ހުށަހެޅި ފޯމުތަކެއްގައި ހޯމް މިނިސްޓްރީގެ ބައެއް އިސްވެރިން ސޮއިކޮށްފައިވާ ކަމަށާބުނެ ހޯމަ މިނިސްޓަރު އަލީ އިހުސާނާ ސުވާލުކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.
އިހުސާނާ ސުވާލުކުރަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
މީކައިލް ހުށަހެޅުއްވި ސުވާލުގައި ބުނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ ޑޭޓާ ބޭސް ބޭނުންކޮށް ޝަހުސު އޮލުވާލައިގެން ޕީއެންސީއަށް މީހުން ވައްދާފައިވާ ކަމަށެވެ.
އަދި އޮޅުވާލައިގެން ޕީއެންސީއަށް މީހުން ވައްދަން ހުށަހެޅި ސައްހަ ނޫން ފޯމުތަކުގައި ހެކިވެރިންގެ ގޮތުގައި ހޯމް މިނިސްޓްރީގެ ބައެއް އިސްވެރިން ސޮއި ކުރައްވާފައިވާތީ އެ މީހުންނާމެދު އެއްވެސް ފިޔަވަޅެއް އެޅިތޯ މީކާއިލް ކުރެއްވި ސުވާލުގައި އައްސަވާފައި ވެއެވެ.
އޭގެ އިތުރުން މީހުންގެ ޒާތީ މައުލޫމާތުތައް އިތުރަށް ރައްކާތެރިކުރަން އަޅާނީ ކޮން ފިޔަވަޅެއްތޯ ވެސް މީކާއިލް އައްސަވާފައި ވެއެވެ.
އޮޅުވާލައިގެން ވަގު ފޯމު ހުށަހަޅައި ޕީއެންސީއަށް ވެއްދި ބޭފުޅުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު