ސިޔާސީ އެދުމެއް ހާސިލުުކުރަން ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކަރާމާތް ނަގާލުމަކީ ޒިންމާދާރު މީހުން ކުރާނެކަމެއް ނޫން ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީއެންސީއަަށް މެމްބަރުން އިތުރުކުރަން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިކަމަށްބުނާ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އިހުސާންއަށް އެކި ތުހުމަތުތައް ދަނީ ކުރަމުން ނެވެ.
އެގޮތުން އެކަން ހިނގައި ދިޔައީ ހޯމް މިނިސްޓަރު އިސްވެ ހުންނަވާ އެވުޒާރާ ހިންގާ އޮފީހުގެ ތެރޭގައި، ސަރުކާރުގެ ރަސްމީ ލިޔެކިޔުމާއި ޑޭޓާބޭސްތަކުން މައުލޫމާތު ވަގަށް ނަގައިގެން ކަމަށްވެސް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން ކުރީގެ ޕީޖީ މުހުތާޒް އެކްސްގައި ވިދާޅުވީ އިހުސާންގެ ކަރާމާތް ނަގާލަން މަސައްކަތް ކުރަމުންދަނީ ސިޔާސީ އެދުމެއް ހާސިލް ކުރުމަށްޓަކައި ކަމަށެވެ.
"އަސާސެއް އަދި ހެކިގަރީނާ އެއްވެސް ނެތް ކަމެއްގައި, ރައްޔިތުންގެ އެންމެ ހިދުމަތްތެރި ވަޒީރު އިހުސާންގެ ކަރާމާތް ނަގާލަން މަސައްކަތް ކުރުމަކީ ޒިންމާދާރު ފަރާތްތަކަކުން ކުރާނޭ ބާވަތުގެ ކަމެއްނޫން." މުހުތާޒް ވިދާޅުވި އެވެ.
ވަގު ފޯމުތަކުގެ މައްސަލައިގައި އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ވެސް އިދިކޮޅުން ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު