ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާ ބިލްޑިންގ (ފޮޓޯ:- ރާއްޖެ އެމްވީ)
ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާ ބިލްޑިންގ (ފޮޓޯ:- ރާއްޖެ އެމްވީ)
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށައަޅާ ލިޔެކިޔުންތަކާއި ސިޓީފަދަ ތަކެތި އީގަވަމެންޓް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެ މިނިސްޓްރީން އެދިއްޖެއެވެ.

މިިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި އިޢުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، އެހެންގޮތެއް ކަނޑައެޅުމާ ހަމައަށް މިނިސްޓްރީއަށް ހުށަހަޅާ ސިޓީތަކާއި ފޯރމްތަކާއި އިތުރު ހުށަހެޅުންތައް ހުށއަޅާނީ މިނިސްޓްރީގެ އީމެއިލް ނުވަތަ އީ-ގަވަމަންޓް ޕޯޓަލް މެދުވެރިކޮށެވެ.

މީގެ އިތުރުން މިނިސްޓްރީއަށް ހުށަހަޅާ ލިޔެކިޔުންތަކާއި ހުށަހެޅުންތަކާއެކު ދެލިކޮޕީ ހުށަހަޅަންޖެހޭ ހާލަތުގައި، ރައްކާތެރިކަމާއެކު އެތަކެތި ސިޓީ އުރައެއްގައި ބަންދުކޮށް، އެއްކަރުދާސް ކުރެވިފައިވާ ނަމޫނާ ސްލިޕް ސިޓީއުރާގައި ތަތްކޮށް، މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީގެ މައިދޮރު ކައިރީގައި ބަހައްޓާފައިވާ "ޑްރޮޕް ބޮކްސް" އަށް ވައްޓާލުމަށްވެސް މިނިސްޓްރީން އެދިފައިވެއެވެ. މިގޮތުން، ޑްރޮޕް ބޮކްސްއަށް ލާ ލިޔެކިޔުންތައް ބޮކްސްއަށް ލުމުގެ ކުރިން މިނިސްޓްރީގެ މެއިލްއަށް ފޮނުވުމަށް ވެސް ވަނީ އެދިފައެވެ.

ޑްރޮޕް ބޮކްސް އަށް ތަކެތި ހުށަހެޅޭނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހާއި، އަންގާރަ ދުވަހާއި އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އާ ދެމުދުގައި ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ. އަދި މި ވަގުތު ތަކުގައި ޑްރޮޕް ބޮކްސްއަށް ލާ ތަކެތި މެންދުރު 12:00 ގައި ނަގާނެ ކަމަށާއި މެންދުރު 12:00ގެ ފަހުން ޑްރޮޕް ބޮކްސް އަށް ތަކެތި ނުލެވޭނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

ޑްރޮޕް ބޮކްސް މެދުވެރިކޮށް ތަކެތި ހުށަހަޅާ ނަމޫނާ ސްލިޕް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި އަދި ޑްރޮޕް ބޮކްސް އަށް ލެވޭ ލިޔެކިޔުން ބަލައިގަތް ކަމުގެ ސްލިޕް 05 ދުވަސްތެރޭގައި މެއިލް ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން