ހޮލީވުޑްގެ މަޝްހޫރު ބޭންޑު ކޯލްޑްޕްލޭ އިން މިއަހަރު އިންޑިއާގައި ބާއްވަން ހަމަޖެހިފައިވާ މިއުޒިކް ޝޯ ބާއްވާ ވެނޫގައި 1000 ފުލުހުންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މިމަހު 18، 19 އަދި 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މިއުޒިކް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މުމްބާއީގެ ޑީވައި ޕަޓިލް ސްޓޭޑިއަމް ގައެވެ. އިއްޔެގެ ވަގުތެއްގައި މުމްބާއީ ފުލުހުން ވަނީ މި ކޮންސާޓު ބާއްވާ ތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަވާނެ ކަމަށާއި، އެތަނުގައި 1000 ފުލުހުން ހިމެނޭ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ބުނެފައެވެ.
މުމްބާއީ ފުލުހުން ނެރުނު ޕްރެސް ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ މި މިއުޒިކް ޝޯ ބެލުމަށް 45،000 އަށް ވުރެ ގިނަ މީހުން ދާނެ ކަމަށާއި، މިކަމުގެ ސަބަބުން އެތަނުގެ ސެކިއުރިޓީ ވަރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
އަދި މި މިއުޒިކް ޝޯ ބާއްވާ ދުވަސްތަކުގައި އެސަރައްދުގައި ބޮޑެތި ހެވީ ވެހިކަލްތައް ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި މި އިވެންޓުތައް ބާއްވާއިރު ސައިކަލު އަދި ކާރު ފަދަ ތަކެތި ޕާކު ކުރުމަށްވެސް ވަކި ހާއްސަ ތަނެއް ކަނޑައަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މިއުޒިކް ޝޯ އަކީ ކޯލްޑް ޕްލޭގެ "މިއުޒިކް އޮފް ދަ ސްޕިއާރސް" ވޯލްޑް ޓުއާ ގެ ދަށުން ބާއްވާ މިއުޒިކް ޝޯއެ ކެވެ.

ކިޔުންތެރިންގެ ހިޔާލު