މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއްދީ ޚަލާސްކޮށްފިއެވެ.
މިފްކޯއިން މިއަދު ބުނެފައިވަނީ އެކުންފުނިން މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާގެ އެންމެ ފަހުގެ ޕޭމަންޓް މަސްދޯނިފަހަރުގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
އެގޮތުން މިމަހުގެ 16 ވަނަ ދުވަހު މިފްކޯއަށް ކިރުވި މަހަށް 56 ދޯންޏަކަށް ދޫކުރަންޖެހޭ 2.3 މިލިއަން ރުފިޔާ މިއަދު އޮޑިފަހަރުތަކުގެ ބޭންކް އެކައުންޓްތަކަށް ޖަމާވާނެ ކަމަށް މިފްކޯއިން މަޢުލޫމާތު ދީފައިވެއެވެ.
މި ސަރުކާރުން ވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް އެއްކޮށް ސާފުކޮށްފައެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް މިފްކޯއިން ވަނީ މަސްވެރިންނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައެވެ. އެއީ 61091 މެޓްރިކްޓަނުގެ މަހަށްވާ ފައިސާއެވެ.
އޭގެއިތުރުން ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ބީއެމްއެލް އާއި އެމްއައިބީ ގައި އެކައުންޓެއް އޮތް ކޮންމެ މަސްއޮޑިއަކަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަންވެސް ސަރުކާރުން މިހާރުވަނީ ފަށާފައެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ މަސްވެރިން މިފްކޯއަށް ކިރާ މަހަށް އެންމެ ދަށްވެގެން ކިލޯއަކަށް 20 ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ވަނީ މަހުގެ އަގު 16 ރުފިޔާއަށް ތިރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު