ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްތާކުން ފެންނާނެހެން ބެހެއްޓުމަށްޓަކައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މާލޭގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން 1445 ބިދޭސީންގެ މައުލޫމާތު ނަގާފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިއަދު ހެނދުނު 8 އިން ފެށިގެން އިރުއޮއްސި 6 ޖެހުމާއި ހަމަޔަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވެފައިވެއެވެ.
މިއަދުގެ ހަރަކާތާއި ގުޅޭގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން އެކްސްގައި ވިދާޅުވީ، މިއަދަކީ އޮޕަރޭޝަން ކުރަނގި މާލޭ ސަރަހައްދުގެ ޕްރައިވެޓް އަދި އާންމު ތަންތަނަށް ފުޅާކޮށް ފެށުނު ދުވަސްކަމަށެވެ. އަދި މިއަދު ކުރެވުނު މަސައްކަތުން ޖުމުލަ 1445 ބިދޭސީއެއްގެ 10 އިނގިލީގެ ނިޝާނާއި ފޭސް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި ޑާޓާބޭސްއަށް އަޕްޑޭޓް ކުރެވިފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އިޙްސާން ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ އޮޕަރޭޝަން ކުރަނގީގެ ދަށުން 10،000 ބިދޭސީންގެ މައުލޫމާތު ނެގުނުކަން އިއުލާނު ކުރައްވާފައި ކަމަށާއި އަދި އޭގެފަހުން މިދިޔަ ދެ މަހެއްހާ ދުވަަސްތެރޭ އިތުރު 15،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނެގިފައިވާކަމަށެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 25،483 މީހުންގެ ޑާޓާ ނެގިފައިވާކަމަށް އިޙްސާން ވިދާޅުވިއެވެ.
“ރަައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 3 އަހަރުގެ ޕްލޭންއެއްގެ ދަށުން ކުރެވެމުންދާ މި މަސައްކަތުން ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަަ އަހަރު އޭޕްރީލްމަހު.” އެކްސްގައި އިޙްސާން ވިދާޅުވެފައިވެއެވެ.
މާލޭގައި އާންމުކޮށް ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ނަގަން މިއަދު ފަށާފައިވާއިރު އޮޕަރޭޝަން ކުރަނގި ޕްރޮގްރާމަކީ ރަށްރަށުގެ ކަައުންސިލްތަކާ ގުޅިގެން މިޙާރުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ރަަށްރަށު ކައުންސިލްތަކުން ވެސް ދަނީ އެ ރަށެއްގައި ތިބޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް ޑާޓާބޭސްއަށް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

Miadhaky “Operation Kurangi” Male’ sarahaddhuge private sector adhi aammu thanthanah fulhaakoh feshunu dhuvas. Miadhu kurevunu masahkkathun vany 1455 bidheysee masahkaiyytheringe 10 ingleege nishaan adhi facial recognition ah beynunvaa photo negi database update kurevifa. Nov 17…
— Minister of Homeland Security & Technology (@min_mohst) January 18, 2025
އިޙްސާން ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ އޮޕަރޭޝަން ކުރަނގީގެ ދަށުން 10،000 ބިދޭސީންގެ މައުލޫމާތު ނެގުނުކަން އިއުލާނު ކުރައްވާފައި ކަމަށާއި އަދި އޭގެފަހުން މިދިޔަ ދެ މަހެއްހާ ދުވަަސްތެރޭ އިތުރު 15،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނެގިފައިވާކަމަށެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 25،483 މީހުންގެ ޑާޓާ ނެގިފައިވާކަމަށް އިޙްސާން ވިދާޅުވިއެވެ.
“ރަައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 3 އަހަރުގެ ޕްލޭންއެއްގެ ދަށުން ކުރެވެމުންދާ މި މަސައްކަތުން ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަަ އަހަރު އޭޕްރީލްމަހު.” އެކްސްގައި އިޙްސާން ވިދާޅުވެފައިވެއެވެ.
މާލޭގައި އާންމުކޮށް ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ނަގަން މިއަދު ފަށާފައިވާއިރު އޮޕަރޭޝަން ކުރަނގި ޕްރޮގްރާމަކީ ރަށްރަށުގެ ކަައުންސިލްތަކާ ގުޅިގެން މިޙާރުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ރަަށްރަށު ކައުންސިލްތަކުން ވެސް ދަނީ އެ ރަށެއްގައި ތިބޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް ޑާޓާބޭސްއަށް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު