އައިސް ޕްލާންޓުތަކަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން މަސްވެރިންނަށް އައިސް ލިބުން ދަތިވެފައިވާތީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން ބުނެފައިވަނީ މިވަގުތު އައިސް ނުލިބެނީ ބައެއް ރަށްރަށުގެ އައިސް ޕްލާންޓުތަކަށް ދިމާވެފައިވާ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން މައްސަލަ ދިމާވި އައިސް ޕްލާންޓުތަކުގެ ތެރޭގައި ކޫއްޑޫ އައިސް ޕްލާންޓާއި، ސ. ހުޅުމީދޫ އައިސްޕްލާންޓުގެ އިތުރުން ގައްދޫ އަދި ތިނަދޫގެ އައިސްޕްލާންޓު ހިމެނެއެވެ.
އެ ކުންފުނިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ކޫއްޑޫ އައިސް ޕްލާންޓުގެ ކަރަންޓު މައްސަލައެއް ދިމާވެފައިވާތީ އެކަން ހޯދާ ހައްލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ ޕްލާންޓުގެ ކަރަންޓު މައްސަލަ ހައްލުކޮށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ހިދުމަތް ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށްވެސް މެސެޖުގައި ބުނެފައި ވެއެވެ.
އަދި ހަމަ އެގޮތަށް ތިނަދޫ އަދި ގައްދޫގެ ޕްލާންޓުތަކަށް ދިމާވި މައްސަލަތައްވެެސް ހައްލު ކުރުމުގައި އިންޖިނިއަރުން ހަރަކާތްތެރިވަމުން ދާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މިފްކޯއިން ބުނީ ގައްދޫ އަދި ތިނަދޫގެ އައިސް ޕްލާންޓުތަކަށް ދިމާވެފައިވަނީ ކޮންޑެންސަރުގެ މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރުމަށް އެ ޕްލާންޓުތަކުގައި އިންޖިނިއަރުން މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
އަދި އޭއެފްސީގެ ހުޅުދޫމީދޫ އައިސްޕްލާންޓުގެ އެއް ޔުނިޓުގެ ޑްރަމަށް މައްސަލައެއް ޖެހި ދެވަނަ ޔުނިޓުގައި ގޭސް ލީކުވަމުން ދާކަމަށާއި، އާންމުގޮތެއްގައި އޭއެފްސީއިން މަދުން ދޯނިފަހަރު އެޅިނަމަވެސް މި ދެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މަސްވެރިކަމުގެ ސީޒަނުގައި އައިސް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން މަސްވެރިން ދަނީ ސޯޝަލް މީޑިއަަގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު