ާޝާހުރުކް ޚާން އާއި އައްލޫ އަރުޖުން- ގޫގުލް އިމޭޖެސް
ާޝާހުރުކް ޚާން އާއި އައްލޫ އަރުޖުން- ގޫގުލް އިމޭޖެސް
އިންޑިއާ ސިނަމާގެ ސުޕަސްޓާރުންގެ ގޮތުގައި ބަލަމުންދާ ޝާހުރުކް ޚާން އަދި އައްލޫ އަރުޖުން އެކުގައި އިޝްތިހާރެއް ކުޅެން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ މި ދެ ތަރިން އެކުގައި "ތަމްބްސް އަޕް" ކިޔާ ބުއިމެއް ޕްރޮމޯޓު ކުރުމަށް އިޝްތިހާރެއް ކުޅެން ނިންމާފައިވާ ކަމަށެވެ. ތަމްބްސް އަޕް އުފެއްދި ޓީމުން އެ އިޝްތިހާރުގައި މި ދެ ތަރިން ހިމަން ނިންމާފައިވަނީ އެކަމުގެ ސަބަބުން އެއަށް އާންމުންގެ ސަޕޯޓު އިތުރުވާނެ ކަމަށް ދެކޭތީ ކަމަށް ރިޕޯޓުގައި ވެއެވެ.

ތަމްބްސް އަޕް އިން މިކަމަށް މި ދެ ތަރިން ކަޑައެޅި އެންމެ މައިގަނޑު ސަބަބަކީ މި ދެ ތަރިންގެ ފަހަތުގައި އެތައް ސަޕޯޓަރުން ވާތީއެވެ. ބޮލީވުޑް ހަންގާމާގެ ރިޕޯޓުގައި ބުނެފައިވަނީ މި އިޝްތިހާރު ޝޫޓު ކުރާ ދުވަހެއް އަދި އެނގިފައެއް ނުވާ ކަމަށެވެ.

ރިޕޯޓުގައި ބުނާ ގޮތުގައި އާންމު ގޮތެއްގައި ސޮޕްޓު ޑްރިންކު ތަކާ ގުޅޭ އިޝްތިހާރުތައް އާންމު ކުރަނީ ކޮންމެ އަހަރެއްގެވެސް މާޗު ހިސާބުގައެވެ. އަދި މިކަން މިހެން ކުރަނީ ހޫނު މޫސުމާ ގާތްކޮށް މި އެއްޗެހި އިޝްތިހާރު ކުރުމުން ސޭލްސް އިތުރުވާނެތީ ކަމަށް ރިޕޯޓުގައި ވެއެވެ.

ޝާހުރުކް ވަނީ މީގެ ކުރިންވެސް ތަމްބްސް އަޕް ގެ ބުއިމެއް އިޝްތިހާރު ކޮށްދީފައެވެ. އޭގައި ޝާހުރުކް ފެނިފައިވަނީ އޭނާގެ ފިލްމު "ޕަތާން" ގެ ކެރެކްޓަރުގެ ސިފައިގައެވެ. މީގެއިތުރުން، އައްލޫ އަރުޖުން ތަމްބްސް އަޕްގެ ބްރޭންޑު އެމްބެސެޑަރެއްގެ ގޮތުގައި އައްޔަނު ކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން