އަމާޒަކީ ސެޕްޓެމްބަރަށް ހުރިހާ ސްކޫލުތަކެއް އޭސީކޮށް ނިންމުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. ހުޅުދުއްފާރަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ހޫނު ގަދަ ރަށްރަށުގައި އޭސީ ހަރުކޮށް ހިތްހަމަ ޖެހޭ މާހައުލަކަށް ސްކޫލް މާހައުލު ހެދުމަކީ މުހިންމުކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އެހެންވެ ރާއްޖޭގެ ހުރިހާ ސްކޫލެއް ފިނިކުރުމަށް މަޝްރޫއެއް މި ސަރުކާރުން ފެށިކަން ރައިީސް ފާހަގަކުރެއްވި އެވެ.
އެ މަޝްރޫއުގެ ދަށުން ފުރަތަމަ އިސްކަން ދޭނީ ކްލާސްރޫމްތައް އޭސީ ކުރަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަދި ސޯލާ ހަކަތައިން ހުރިހާ ރަށެއްގެ ސްކޫލުތައް މި އަހަރު އޭސީކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"އަޅުގަނޑުމެން ބޮޑަށް އަމާޒުކުރަނީ ވީހާވެސް އަވަހަކަށް ސެޕްޓެމްބަރު މަހާ ހަމައަށް ދާންވާއިރަށް ވެސް ނިންމާލެވޭތޯ. އެއީ ހައެއްކަ މަސް ދުވަހައި އަށެއްކަ މަސް ދުވަސް ބޭނުންވާނެ މުޅި ރާއްޖެ ނިންމާލަން." ރައީސް ވިދާޅުވި އެވެ.
ސްކޫލުތައް އޭސީކުރުމަށް ފެށި "ކޫލް ސްކޫލް" މަޝްރޫއު ފެށީ މިދިޔަ ޖޫން މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު