ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގެ މަސައްކަތް މަސްވެރިކަމާބެހޭ ވުޒާރާއާއި ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން ފަށައިފިއެވެ.
މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި މިއަދު މަސްވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި މިފްކޯ، އެމްޕީއެލް އަދި އެމްއެސްއެސް އިން ވަނީ ބައިވެރިވެފައެވެ.
ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރުމުގައި މިފްކޯއަށް ދިމާވާ ގޮންޖެހުންތައް މި ބައްދަލުވުމުގައި އެކުންފުނިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މިފްކޯއިން ބުނެފައިވަނީ އެކުންފުނިން އެކްސްޕޯޓު އޮޕަރޭޝަން މިހާރަށްވުރެ ބޮޑަށް ފުޅާކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް މިހާރު ބޭރުކުރެވޭ ކޮންޓެއިނަރަށް ވުރެ އިތުރަށް ކޮންޓެއިނަރ ބޭރުކުރުމަށް އެމްޕީއެލް ބަނދަރުން ރީފަރ ކޮންޓެއިނަރ ބެހެއްޓުމުގައި ޖާގައިގެ ދަތިކަން ހުރިކަމަށް މިފްކޯއިން ވަނީ ފާހަގަ ކޮށްފައެވެ.
މިފްކޯއިން ބުނެފައިވަނީ ރާއްޖޭގައި އެކްސްޕޯޓްކޮށްގެން ބޭންކިން ނިޒާމަށް ޑޮލަރު ވައްދާ މައި ކުންފުންޏަކީ މިހާރު އެކުންފުނި ކަމަށާއި، އެހެންކަމުން މަސް އެކްޕޯޓު ކުރުމުގެ އޮޕަރޭޝަން ވީހާވެސް ބޮޑަށް ފުޅާ ކުރަން ޖެހޭކަމަށެެވެ. އަދި މިކަމަށް އަވަސް ހައްލެއް ގެނައުމަށް އެހެން ގޮތްތަކެއް ހޯދުމަށް ކުންފުނިތަކާއެކު މަޝްވަރާކުރެވިފައިވާކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން މިކަމުގެ ދާއިމީ ހައްލެއްގެ ގޮތުގައި މިފްކޯއިން ވަނީ، މިފްކޯގެ ބަނދަރުތަކުން މަސް އެކްސްޕޯޓު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ހުށަހަޅާފައެވެ. އަދި މިކަމުގައި އެމްޕީއެލް ކަސްޓަމްސް އަދި އެމްޓީސީސީގެ އެހީތެރިކަން ބޭނުންވާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯގެ މި ހުށަހެޅުމަށް މަސްވެރިކަމާ ބެހޭ ވަޒީރުވެސް ތާއީދު ކުރައްވާ ކަމަށާއި މިކަމުގެ މަޝްވަރާތައް ވުޒާރާ މެދުވެރިވެގެން ކުރިއަށް ގެންދިއުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމުގެ އޮޕަރޭޝަން މީގެ ކުރިން ކުރަމުން އައީ ބޭރުގެ ބޯޓުތައް ކުއްޔަށް ނަގައިގެންނެވެ. ނަމަވެސް މިދިޔަ އަހަރު އޮކްޓޯބަރު މަހު މިފްކޯއާއި ޤައުމީ އާގުބޯޓު ކުންފުނި އެމްއެސްއެސްއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މި އޮޕަރޭޝަން މިހާރު ކުރިއަށް ގެންދަނީ އެމްއެސްއެސްގެ ބޯޓުތަކުގައެވެ.
ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމުގެ އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މިވަގުތު އެންމެ ގިނައިން މަސް އެކްސްޕޯޓު ކުރަމުންދަނީ ތައިލޭންޑަށާއި އިންގިރޭސިވިލާތަށެވެ.

A coordination meeting was held at the Ministry to address the logistical challenges faced by @mifcomv in exporting tuna shipments. Key stakeholders, including Maldives Industrial Fisheries Company Ltd (MIFCO), Maldives Ports Limited (MPL), and Maldives State Shipping (MSS),… pic.twitter.com/eDzqu5wQIb
— Ministry of Fisheries and Ocean Resources (@MFORmv) January 22, 2025
މިފްކޯއިން ބުނެފައިވަނީ ރާއްޖޭގައި އެކްސްޕޯޓްކޮށްގެން ބޭންކިން ނިޒާމަށް ޑޮލަރު ވައްދާ މައި ކުންފުންޏަކީ މިހާރު އެކުންފުނި ކަމަށާއި، އެހެންކަމުން މަސް އެކްޕޯޓު ކުރުމުގެ އޮޕަރޭޝަން ވީހާވެސް ބޮޑަށް ފުޅާ ކުރަން ޖެހޭކަމަށެެވެ. އަދި މިކަމަށް އަވަސް ހައްލެއް ގެނައުމަށް އެހެން ގޮތްތަކެއް ހޯދުމަށް ކުންފުނިތަކާއެކު މަޝްވަރާކުރެވިފައިވާކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން މިކަމުގެ ދާއިމީ ހައްލެއްގެ ގޮތުގައި މިފްކޯއިން ވަނީ، މިފްކޯގެ ބަނދަރުތަކުން މަސް އެކްސްޕޯޓު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ހުށަހަޅާފައެވެ. އަދި މިކަމުގައި އެމްޕީއެލް ކަސްޓަމްސް އަދި އެމްޓީސީސީގެ އެހީތެރިކަން ބޭނުންވާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯގެ މި ހުށަހެޅުމަށް މަސްވެރިކަމާ ބެހޭ ވަޒީރުވެސް ތާއީދު ކުރައްވާ ކަމަށާއި މިކަމުގެ މަޝްވަރާތައް ވުޒާރާ މެދުވެރިވެގެން ކުރިއަށް ގެންދިއުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމުގެ އޮޕަރޭޝަން މީގެ ކުރިން ކުރަމުން އައީ ބޭރުގެ ބޯޓުތައް ކުއްޔަށް ނަގައިގެންނެވެ. ނަމަވެސް މިދިޔަ އަހަރު އޮކްޓޯބަރު މަހު މިފްކޯއާއި ޤައުމީ އާގުބޯޓު ކުންފުނި އެމްއެސްއެސްއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މި އޮޕަރޭޝަން މިހާރު ކުރިއަށް ގެންދަނީ އެމްއެސްއެސްގެ ބޯޓުތަކުގައެވެ.
ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމުގެ އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މިވަގުތު އެންމެ ގިނައިން މަސް އެކްސްޕޯޓު ކުރަމުންދަނީ ތައިލޭންޑަށާއި އިންގިރޭސިވިލާތަށެވެ.
ކިޔުންތެރިންގެ ހިޔާލު