ތޫނު އެއްޗަކުން ބިރު ދައްކައިގެން ބިދޭސީންގެ އަތުން ފޭރުމުގެ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަލަ ރިޕޯޓްކުރީ ރޭ 10:14 ކަންހާއިރު ކަމަށެެވެ.
އަދި އެ މައްސަލައާ ގުޅިގެން ތިން މީހަކު ނޯތު ހާބަރު ސަރަހައްދުން އަތުލައިގަތް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ސ. ހިތަދޫ، އައްޒާ، މުބާރިކު މުހައްމަދު (34އ) އާއި ޏ. ފުވައްމުލައް، ދިގުވާނޑު/ ގުރަހާގެ، އަހުމަދު ފަޔާޒް (30އ) އާއި ޏ. ފުވައްމުލައް، ދިގުވާނޑު/ ކައިރުގެ، އަހުމަދު ނަދީފް (36އ) އެވެ.
ފުލުހުން ބުނީ އެ ތިން މީހުން ބިދޭސީންގެ އަތުން ފޭރުނީ 1000 ރުފިޔާއާއި، 10 ޔޫރޯއާއި 10 ބަންގްލަދޭޝީ ޓާކާގެ އިތުރުން 20 ސްރީލަންކަން ރުޕީޒް، 500 އިންޑިއަން ރުޕީޒް އަދި ދެ ސިންގަޕޫރު ޑޮލަރެވެ.
އޭގެ ތެރެއިން 1000 ރުފިޔާއާއި 20 ލަންކާ ރުޕީޒްގެ އިތުރުން ދެ ސިންގަޕޯ ޑޮލަރު ވަގުންގެ އަތުން ފެނުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ތޫނު އެއްޗެތިން ބިރު ދައްކައިގެން ބިދޭސީންގެ އަތުން ފޭރުމުގެ އަމަލަުތައް ދޭތެރެ ދޭތެރެއިން ދަނީ ފެންމަތިވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު