ރާއްޖޭގެ ރިީީީތި ރިޒޯޓެއް- ސަރުކާރު ބަންދުގައިވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޚިދުމަތް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފަ
ރާއްޖޭގެ ރިީީީތި ރިޒޯޓެއް- ސަރުކާރު ބަންދުގައިވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޚިދުމަތް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފަ
ޓޫރިޒަމް މިނިސްޓްރީގެ ޚިދުމަތް ސަރުކާރު ބަންދު ދުވަސްތަކުގައި ލިބޭނެކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމު ކުރި ސާކިއުލާއެއްގައި ބުނެފައި ވަނީ މިހިނގާ ސަރުކާރު ބަންދު ދުވަސްތަކުގައި ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 04:00 އަށް ރިސޯޓުތަކުން ބޭންކަށް ބޭނުންވާ ލިޔެކިޔުންތަކާއި މޯގޭޖް ކްލިއަރެންސް އަދި ރަޖިސްޓްރީގެ ހިދުމަތް އެ މިނިސްޓްރީ އިން ލިބޭނެ ކަމަށް އެ ސާކިއުލަގައިވެ އެވެ.

ކޯވިޑް-19 ގެ ސަބަބުން ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވުމާއެކު، މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން އިތުރަށް އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު ހުރިނަމަ އެމިނިސްޓްރީގެ ސިޓުއޭޝަން މޮނިޓަރިން ޔުނިޓްގެ ނަންބަރު 7223131 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން