ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ)
ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ)
މާލޭގެ ރައްޔިތުންނަށް ގޯތި ގެދޮރު ފޯރުކޮށްދިނުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ރޭބޭއްވި ބައްދަލުވުމަށްފަހު ކުޑޫ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ގެދޮރު ފޯރުކޮށްދިނުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށެވެ.

އެގޮތުން އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ 4000 ފްލެޓްގެ މަޝްރޫޢާއި މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަޝްރޫޢުގެ ފައިނަލް ލިސްޓާމެދު މި ސަރުކާރުން ޢަމަލު ކުރަމުންދާ ގޮތުން ރައްޔިތުން ވަރަށް ބޮޑަށް ހިތުގައިޖެހިފައިވާ ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މަޖިލީހުގައި އޭނާ ތަމްސީލު ކުރަށްވާ ދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ގޯއްޗާއި ފްލެޓް ލިބޭނެ ދުވަހެއް ނޭނގުންކަން ކުޑޫ ފާހަގަ ކުރެއްވިއެވެ.

“ގޯތިގެދޮރު އެންމެ ބޮޑު ކަންބޮޑުވުމަކީ. އަހަރެއްވިއިރު އެކަމުގެ އެއްވެސް އަޕްޑޭޓެއް ނުލިބުން. އެއީ ނަމްބަރ ވަން ޕްރިއޯރިޓީ. ލިބޭނެތޯ ނޫންތޯ.” މެންބަރު ކުޑޫ ވިދާޅުވިއެވެ.

ކުޑޫ މިހެން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4000 ފްލެޓް އަންނަނީ އިމާރަތްކުރަމުންނެެވެ. އެފުލެޓް ލިބޭނެ މީހުން ކަނޑައެޅުމުގައި ކުރީގެ ސަރުކާރުން ޝަރުތު ހަމަނުވާ މީހުން ހިމަނައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އޭސީސީން ވަނީ އެމައްސަލަ ތަހުގީގްކޮށްފައެވެ. އޭސީސީގެ އެންގުމާއި އެއްގޮތަށް ފުލެޓް ލިބޭ މީހުންގެ ލިސްޓް އަލުން މުރާޖައާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެެވެ.

އޭގެ އިތުރުން ރައީސް ޞާލިޙްގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމުލަ 9،003 ގޯތި ދޫކުރަން އޭރުގެ ސަރުކާރުން ވަނީ ނިންމާފައެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ. ނަމަވެސް އެގޯތިތައް ދޫކުރުމުގެ މަސައްކަތްވެސް މިވަގުތު ވަނީ ހުއްޓިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން