މީގެ ކުރިން އަތުލައިގަތް ރަންތަކެއް--
މީގެ ކުރިން އަތުލައިގަތް ރަންތަކެއް--
ރާއްޖެއިން އިންޑިއާގެ މުމްބާއީއަށް ދިޔަ ފްލައިޓެއްގައި ފޮރުވައިގެން ގެންދިޔަ 3.7 މިލިއަން ރުފިޔާގެ ރަން އަތުލައިގެންފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން އެ ރަންތައް އަތުލައިގަތީ މަތިންދާބޯޓުގެ ފާހާނާގައި ފޮރުވާފައި ހުއްޓައެވެ.

އިންޑިއާގެ އެއާ އިންޓެލިޖެންސް ޔުނިޓަށް ލިބުނު މައުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަންއެއްގައި އިނާމުލް ހަސަން ކިޔާ މީހަކު އެ މައްސަލައިގައި ވަނީ ހައްޔަރުވެސް ކޮށްފަ އެވެ. އަދި އޭނާ ކުށަށް އިއުތިރާފްވެފައިވާ ކަމަަށް ވެސް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ހަސަން އެކަން ކުރީ ފައިސާގެ ބޭނުމުގައި ކަމަށް ބުނާއިރު އިންޑިއާގެ ކަސްޓަމްސްއިން ތުހުމަތުކުރާ ގޮތުގައި އެ ކަމުގައި އެއާޕޯޓްގެ ސްޓާފުންވެސް ބައިވެރިވެ އެވެ.

ކަސްޓަމްސްއިން މިހާރު ދަނީ ހަސަންއަށް އެ ރަންތައް ލިބުނު ގޮތާއި އަދި އެ ރަންތައް ހަވާލުކުރަން އުޅުނީ ކިހިނެއްތޯ ބަލަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން