ރޯދަމަހު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދަން ތިނަދޫ ކައުންސިލުން އަންގައިފި އެވެ،
ތިނަދޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ ރޯދަ މަހަކީ ވެސް ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދައާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިވާފަދަ ހާއްސަ ދުވަސް ތަކަކަށް ހެދޭތޯ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ރޯދަޔަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ވީހާވެސް ބޮޑަށް ހަމްދަރުދީ ވުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް މަގުފަހިވާގޮތަށް އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމް ކުރުމަށް ވެސް ކައުންސިލުން ވަނީ އެދިފަ އެވެ.
އޭގެ އިތުރުން ރޭގަނޑާއި ދުވާލުވެސް އެއްވެސް ބާވަތެއްގެ ކުޅިވަރު ނުވަތަ މުނިފޫހި ފިލުވުމުގެ ހަރަކާތެއް އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމް ނުކުރަން ކައުންސިލުން ވަނީ އެދިފަ އެވެ.
އެގޮތުން ކްލަބު ޖަމިއްޔާ، ޖަމާއަތްތަކަށް ނުވަތަ އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ބިންބިމާއި އިމާރާތްތައް ނޫން ތަންތާގައިވެސް ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް އާއްމުކޮށް ހުޅުވާލައިގެން ނުވަތަ އެނޫންގޮތަކަށް ވެސް ނުބޭއްވުމަށް ކައުންސިލުން ވަނީ އަންގައިފަ އެވެ.
ތިނަދޫ ސިޓީ ކައުންސިލުން މިފަދަ އެންގުމެއް އަންގާފައިވާއިރު ރާއްޖޭގައި ރޯދަ މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތު ތަކުގައި ވަރަށްގިނަ ކުޅިވަރު މުބާރާތްތަކާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ވަރަށް ޒަމާންވީ އާދަކާދައެކެވެ.

ކިޔުންތެރިންގެ ހިޔާލު