ރާއްޖެއާއި އިންޑިޔާގެ އިސްވެރިން
ރާއްޖެއާއި އިންޑިޔާގެ އިސްވެރިން
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުން ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް އަރުވައިފިއެވެ.

ރައީސް މި ޔަޤީންކަން ބޮޑުވަޒީރު މޯދީއަށް އަރުވާފައިވަނީ އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތީ އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި އިންޑިއާ އާއެކު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން އިންޑިއާ އާއެކު އޮންނަ ގާތް ގުޅުން ރާއްޖޭން އަބަދުވެސް ބަލައިގަންނަ ކަމަށާއި އެ ގުޅުމުގެ އަގު ވަޒަންކުރާކަން ފާހަގަ ކުރަށްވަމުން ރައީސް ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި ރައީސް ޑްރޫޕަދީ މުރޫމަށާއި އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވާފައެވެ.

އިންޑިއާ އާއެކު އޮތް ގުޅުން ދަމަހައްޓަވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާއިރު ދެޤައުމުގެ ދެމެދުގައި ކުރިން އުފެދުނު ނުތަނަވަސްކަމަށް މިހާރުވަނީ ނިމުން އައިސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން