އިންޑިއާގެ ސަރުކާރުން ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާން އަށް 9 ކަރޯރު ރުޕީސް ދޭން ނިންމާފައިވާ ކަަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ޝާހުރުކްގެ ބަންޑްރާގައި ހުންނަ ގެ "މަންނަތު" އަޅާފައިވާ ބިމަށް ސަރުކާރުން 9 ކަރޯރު ރުޕީސް ދޭން ނިންމާފައިވާ ކަމަށެވެ. އަދި މިއީ އެ ބިން ޝާހުރުކްއަށް ވިއްކި އިރު ހެދި ހިސާބުތައް ގޯސްވުމުގެ ސަބަބުން ރިޕަންޑުގެ ގޮތުގައި ދޭ ފައިސާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައި ބުނެފައިވަނީ ޝާހުރުކް އެ ބިން ގަނެފައިވަނީ 2019 ގައި ކަމަށާއި، އޭރު އެބިމަށް އޭނާ 27.59 ކަރޯރު ރުޕީސް ދައްކާފައިވާ ކަމަށެވެ. ނަމަވެސް ފަހުން ރަނގަޅަށް ހިސާބުތައް ހެދުމުން އޭނާގެ އަތުން އިތުރު 9 ކަރޯރު ނެގިފައިވާ ކަން ދެނެގަނެވި، އެ ފައިސާ އަނބުރާ ރީޕަންޑު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
"މަންނަތު" އަކީ ޝާހުރުކް އަށް ވަރަށް ހާއްސަ ގެއެއް ކަމަށް އޭނާ ވަނީ މީގެ ކުރިން އިންޓަވިއުތަކުގައި ބުނެފައެވެ. އެގޮތުން މި ގެއަކީ ޝާހުރުކްއަށް ދަރިން ލިބުމުން ގަތް ގެއެއް ކަމަށާއި، މިއީ އޭނާގެ އާއިލީ ގެ ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު