އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
ފަރުވާއެއްކަން އަދި މުޅިން ސާބިތުކުރެވިފައިނުވާ ބޭހަކަށް ވެންޓިލޭޓަރުތަކަށް އޮތް އިތުބާރަށްވުރެ ބޮޑު އިތުބާރެއް އެބަ އޮތްކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފަރުވާއެއްކަން އަދި މުޅިން ސާބިތު ކުރެވިފައިނުވާ ބޭހަކަށް ވެންޓިލޭޓަރުތަކަށް އޮތް އިތުބާރަށްވުރެ ބޮޑު އިތުބާރެއް އެބަ އޮތްކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މި ބޭސްތަކަކީ ކޮރޯނާވައިރަހަށް ފަރުވާއެއްކަމަށާއި ވައިރަހަށް ޕޮޒިޓިވްވި މީހުންނަށް ވެންޓިލޭޓަރު ފޯރުކޮށްދިނުމަށްވުރެ ބޭހުންކުރާ އަސަރު މާ ރަނގަޅުވާނެކަމަށެވެ.

މީގެ ސަބަބެއްކަމުގައި ޓްރަމްޕް ވިދާޅުވަނީ، ހާލު ދެރަވެގެން ވެންޓިލޭޓަރު ގުޅާ ބަލިމީހުން ރަނގަޅުވެގެން ވެންޓިލޭޓަރުން ނަގާ ހާލަތަށް ނާންނާތީ އޭގެ ހަގީގީ މަގްޞަދު ނުފެންނަކަމަށާއި އެއަށްވުރެ ރަނގަޅުވާނީ ބޭހުން ރައްކާތެރިކަމެއް ލިބިގަތުން ކަމުގައެވެ.

ޓްރަމްޕަކީ އެއްވެސް ކަހަލަ ސިއްހީ ތަމްރީނެއް ހައްދަވާފައި ހުންނެވި ބޭފުޅެއް ނޫންނަމަވެސް އެމަނިކުފާނުވަނީ މެލޭރިއަށް ފަރުވާގެ ގޮތުގައި ބޭނުންކުރާ ހައިޑްރޯކްލޯރޮކީން އާއި އެޒިތުރޯމައިސިން އަކީ ކޯވިޑް-19 އަށް ފަރުވާއެއްކަމަށް ވެދާނެކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ބައްޔަށް ފަރުވާ ލިބިދާނެ ބޭހެއް ދެނެގަތުމަށްޓަކައި ސައިންސްވެރިން ގިނަ ތަހުލީލުތައް ކުރަމުންގެންދާއިރު، ސިއްހީ މާހިރުންގެ ލަފަޔާއި ނުލާ ކޯވިޑް-19 އަށް ފަރުވާ ދިނުމަށް އެއްވެސް ބޭހެއް ބޭނުން ނުކުރުމަށް ދުނިޔޭގެ ސިއްހީ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން