ސައިފް އަލީ ޚާން- ގޫގުލް އިމޭޖެސް
ސައިފް އަލީ ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން އަށް ހަމަލާ ދިން މައްސަލައާ ގުޅިގެން އަންހެނަކު ހައްޔަރު ކޮށްފިއެވެ.

އީޓައިމްސް ނޫހުގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ސައިފް އަށް ހަމަލާ ދިން ހާދިސާއާ ގުޅިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަނުގައި އިންޑިއާގެ ވެސްޓު ބަންގާޅުގައި ދިރިއުޅޭ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ކުކުމޯނީ ޖަހަންގިރު ޝެއިޚު ނަމަކަށް ކިޔާ މި އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ އޭނާއާއި މީގެ ކުރިން މި މައްސަލާގައި ހައްޔަރު ކުރި ބަންގްލަދޭޝް ފިރިހެން މީހާއާއި ދެމެދު ގުޅުމެއް ވާކަން ފުލުހުންގެ ހޯދުންތަކަށް ހޯދިފައި ވުމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ފުލުހުންގެ ހޯދުންތަކަށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި މި މައްސަލާގައި ހައްޔަރު ކުރި ބަންގަލަދޭޝްގެ ފިރިހެން މީހާ ޝަރީފުލް ފާކިރު ބޭނުން ކުރި ސިމް ކާޑު ރަޖިސްޓާރ ކޮށްފައިވަނީ އެ އަންހެން މީހާގެ ނަމުގައެވެ.

އިންޑިއާގެ ވެސްޓު ބަންގާޅުގެ ފުލުހުން ބުނާ ގޮތުގައި މުމްބާއީ ފުލުހުން މިހާރު ދަނީ އެ އަންހެން މީހާ މުމްބާއީގެ ފުލުސް ސްޓޭޝަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިމަހު 16 ވަނަ ދުވަހު ސައިފް އަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ މުމްބާއީގެ ބަންްޑްރާގައި ހުންނަ އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ. މި ހާދިސާގައި އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށް ސާޖަރީވެސް ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން