މި ވީގޮތެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށާއި ރައީސް ޑރ. މުޢިއްޒު އާ ދެމެދުގައި އޮތް ގުޅުން ރަނގަޅު ނަަމަ ވަޒީރު ކަމުގެ މަޤާމުން ފައިސަލް ވަކި ނުކުރަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް މިއަދު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުން އިބްރާހިމް ފައިސަލް މިއަދު ވަކިކުރެއްވުމާ ގުޅިގެން ފައިސަލްގެ ބައްޕާފުޅު އަބްދުއްރަޙީމާއި ޙަވާލާދީ ރާއްޖޭގެ އޮންލައިން މީޑިއާތަކުގައި މިއަދު ރިޕޯޓް ކޮށްފައިވަނީ ފައިސަލް މަޤާމުން ވަކިކުރެއްވުމުގެ ކުރިން އެކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
އެގޮތުން ފައިސަލް މަޤާމުން ވަކިކުރަށްވާފައިވަނީ މިއަދު އޮފީހަށް ނިކުންނެވި ފަހުން ކަމަށާއި ފައިސަލް މަޤާމުން ވަކިކުރެއްވިކަން އެނގިވަޑައިގަތީ ފައިސަލް ގުޅުއްވާފައި އެވާހަކަ ވިދާޅުވުމުން ކަމަށްވެސް މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި އަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު އަބްދުއްރަޙީމް ވިދާޅުވީ މިއީ ފައިސަލްގެ ވެސް ވަރަށް ބުރަ މަސައްކަތާއި ވަރަށް ބޮޑު ބައިވެރިވުމަކާ އެކު ގެނައި ވެރިކަމެއް ކަމަށާއި ފައިސަލްގެ ވުޒާރާއިން ހާސިލްކުރަން ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިތައްވެސް އޭނާ ހާސިލްކުރަށްވާފައިވާ ކަމަށެވެ.
“ވަރަށް ދެރަވަރުކޮށް މިދިޔައީ. މިކަން މިގޮތަށް ބަދަލުވާން ޖެހޭ ސަބަބެއް ނޭނގޭ.” އަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު އަބްދުއްރަޙީމް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް އަރިހުގައި ފައިސަލްގެ ޝަކުވާ ކުރަށްވާކަން އެނގިވަޑައި ގަންނަވާ ކަމަށާއި ނަމަވެސް އެ ޝަކުވާތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި އޭނާ އާއި ފައިސަލްވެސް ސަރުކާރަށް ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ކުރަށްވާފައި ނުވާނެ ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.
“މިވެރިކަން ފެށުނުއިރު އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަށް ނުހިނގާނެ.” އަބްދުއްރަޙީމް ވިދާޅުވިކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
އަބްދުއްރަޙީމް މިހެން ވިދާޅުވެފައިވާއިރު ފަތުރުވެރިކަމާބެހޭ ވަޒީރު ކަމުގައި ހުންނެވި އިބްރާހިމް ފައިސަލް މަޤާމުން ވަކިކުރަށްވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު