ހިންދީ ފިލްމު "ތެރެ އިޝްގު މޭ" ގެ ލީޑު އަންހެން ތަރިއަކީ ބޮލީވުޑްގެ ތަރި ކްރީތީ ސެނޮން ކަން ޔަގީންވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ދާދި ފަހުން މި ފިލްމުގެ އުފެއްދުންތެރިން ވަނީ ސޯޝަލް މީޑިއާގައި ފިލްމުގެ "ފަސްޓު ލުކް" ހިއްސާ ކޮށްފައެވެ. އެގޮތުން ހިއްސާ ކޮށްފައިވާ ފޮޓޯގައި ފެނިގެންދަނީ ފިލްމުގެ ލީޑު އަންހެން ތަރި ކްރީތީ ސެނޮން އެވެ. މި ފިލްމުގައި ކްރީތީ ކުޅެނީ ވަރަށްވެސް ތަފާތު އަދި ޖަޒުބާތުން ފުރިފައިވާ ރޯލެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.
މި ފިލްމުގެ ލީޑުން ދަނުޝްއާއެކު ކްރީތި ފެންނާނެ ކަން އެނގުމުން ބެލުންތެރިން ތިބީ ފިލްމު ނެރޭނެ ދުވަހަކަށް ކެއްމަދުވެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގެ ވާހަކަ ބިނާ ވެފައިވަނީ 2013 ގައި ނެރުނު ރާންޖާނާގެ ވާހަކައަށެވެ. އަދި އެ ވާހަކައާ ގުޅުވައިގެން އުފައްދާ މި ފިލްމަކީ ވަރަށް ޖަޒުބާތީ ފިލްމެއް ކަމަށް ވާނެކަމަށްވެސް ފިލްމުގެ އުފެއްދިންތެރިން ވަނީ ބުނެފައެވެ.
މި ފިލްމު ޕްރޮޑިއުސް ކުރާނީ އާނަންދު އެލް ރާއީ އާއި، ހިމާންޝޫ ޝަރްމާ އާއި ބޫޝަން ކުމާރު އަދި ކްރިޝަން ކުމާރު ގުޅިގެން ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެތައް ބަޔަކު އިންތިޒާރުކުރަމުންދާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު ނޮވެމްބަރު 28 ގައެވެ.

ކިޔުންތެރިންގެ ހިޔާލު