މި ސަރުކާރުން އައްޑޫ ރައްޔިތުންނަށް ވި ވައުދަތައް ފުއްދުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފެށި ދިގުލައިގެންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް މިވަނީ ގޮސްފައެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އައްޑޫސިޓީގައި ފަތުރުވެތިކަން ކުރުމަށް ހުޅުވާފައިވާ ޝަންގްރިއްލާ ރިސޯޓުގެ މައްސަލަ އަކީ އައްޑޫގެ ވަރަށް ގިނަ ރައްޔިތުންނާ ގުޅިފައިވާ މައްސަލައެކެވެ. އެތައް އަހަރެއް ވަންދެން އައްޑޫގެ އެކި އުމުރުގެ ރައްޔިތުން ވަޒީފާއަދާކުރަމުން ދިޔަ ޝަންގްރިއްލާ ރިސޯޓް ކޮވިޑް19 އާއި ގުޅިގެން ބަންދު ކުރިގޮތަށް މިއަދާހަމައަށްވެސް ނުހުޅުވި އޮތް އޮތުން ވެގެންދިޔައީ އައްޑޫ އެތައް ޢާއިލާއަކަށް ބޮޑު ނިކަމެތި ކަމެއް ލިބިގެން ދިޔަ ކަމަކަށެވެ.
ކޮވިޑް19 އަށް ފަހު، ނިމިދިޔަ ސަރުކާރުން ކުރެވުނު މަސައްކަތުންވެސް ޝަންގްރިއްލާ ރިސޯޓް ހުޅުވޭގޮތް ނުވުމުން އައްޑޫގެ ގިނަ ރައްޔިތުން ތިބީ ވަރަށް ބޮޑު މާޔޫސް ކަމެއްގެ ތެރޭގައެވެ. އެހެންތިއްބާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ދިވެހީންނަށް ވެވަޑަގަންނަވަމުންމުން ގެންދެވި ފިއްކަނޑައިގެންދިޔަ ވަޢުދުތަކާއެކު ވެލެއްވި ޝަންގްރިއްލާ ރިސޯޓް ހުޅުވުމާއި ހުޅުމީދޫ ބްރިޖް އަދި ކުރީ ސަރުކާރުން ފެށުމަށްތައްޔާރު ވެފައިއޮތް ހަންކެޑެ ޕްރޮޖެކްޓްފަދަ ގިނަ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދަވާނެކަމުގެ ވައުދުތައް ވެގެންދިޔައީ އައްޑޫ ރައްޔިތުންގެ މާޔޫސްކަން ފިލައި، އުއްމީދުތައް އާވެގެންދިޔަ ކަމަކަށެވެ.
ނަތީޖާއަކަށް ވެގެންދިޔައީ އައްޑޫ ރައްޔިތުންގެވެސް މިނެއް މަސައްކަތުން އަދުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އަށް ބައިޔަތު ހިފައި، އެމަނިކުފާނު ނިސްބަތްވާ މީސްކޮޅު މަދު ޕާޓީ އަށް މެމްބަރުން އިތުރުކޮށް ޕާޓީ ބޮޑުކޮށް، އިންތިޚާބުވެސް ކާމިޔާބު ވެގެންދިޔުމެވެ. ހަމައެއާއެކު ވެރިކަމާ ހަވާލުވުމަށްފަހުވެސް ކެބިނެޓުގައި ހިމެނޭ ބައެއް ވަޒީރުންތައް ދިޔައީ އައްޑޫ ރައްޔިތުންނަށް ވީ ވަޢުދު ފުއްދަވާނެ ކަމުގެ ޔަޤީންކަންދީ، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ވީ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ވައުދުގެ ތެރޭގައި ޝަންގްރިއްލާ ރިސޯޓު ހުޅުވައި އަލުން ހިދުމަތްތައް ދެވޭ ފެންވަރަށް އެތަން ތަރައްގީ ކުރުން ހިމެނެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގައި އިހަށް ދުވަހާޖެހެންދެންވެސް ހުންނެވި މިސަރުކާރުގެ ފުރަތަމަ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވަނީ ފާއިތުވި 2024 ވަނަ އަހަރުގެ މެދުތެރޭގައި ޝަންގްރިއްލާ އަލުން ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެ އެ ރިސޯޓު ހުޅުވޭނެކަމަށް ތަފާތު ދުވަސްތަކެއް ވެސް ދެއްވަމުންނެވެ.
ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓުގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި 2 ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބޮޑު މިނުގައި ފަސް ލައްކަ ފަސް ހާސް އަކަ މީޓަރު ހުރެއެވެ.
2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއް މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޝަންގްރިއްލާ އަލުން ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކުރީގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވިއެވެ.
ވަޒީރު މިފަދައިން އޭރު ވިދާޅުވި ނަމަވެސް މިކަމުގެ އަމަލީ އެއްވެސް މަސައްކަތެއް އަދި ފެންނާކަށް ނެތެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ފަތުރުވެރިކަމަށް އައި ހީނަރުކަމުގެ އަސަރު ހަމައެކަނި ކުރީ އައްޑޫގެ ގިނަ ބަޔަކު އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އައި ޝަންގްރިއްލާ ރިސޯޓަށް އެކަންޏެއް ނޫނެވެ. މިއަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ މުޅި ސިނާއަތަށްވެސް ކުރިއެވެ. ހުރިހާ ރިސޯޓުތަކަކަށްވެސް ކުރިއެވެ.
މީގެ އަސަރު ކުރި އެއް ރިސޯޓަކީ އައްޑޫގެ ގިނަ ބަޔަކު އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އައި ޝަންގްރިއްލާ ރިސޯޓެވެ. މި ރިސޯޓުގައި އައްޑޫއަށް ނިސްބަތްވާ 400 އަށްވުރެ ގިނަ އެކި އުމުރުގެ ރައްޔިތުން ވަޒީފާ އަދާކުރިއެވެ. ރިސޯޓު ހުއްޓުމާއެކު މި ހުރިހާ މުވައްޒަފުންގެ ވަޒީފާ ގެއްލުނެވެ.
"އަޅުގަނޑަކީ ހަ ކުދިންގެ މަންމައެއް. ފިރިމީހާއަށް ލިބޭ މުސާރައިން ކިރިޔާ މިހާރު އުޅެވެނީ. ޝަންގްރިއްލާގައި އުޅުނުއިރު އަޅުގަނޑުމެން ތިބީ ފުދިގެން. ކުދިން ތިބީ ތިން އިރު ރަނގަޅަށް ކައިގެން. ކުރަންޖެހޭ މުހިންމު ބައެއް ކަންކަން މިހާރު ނުކުރެވޭ." ކޮންމެ ދުވަހަކު ވަޒީފާއަށް ގޮސް ވަޒީފާ ނިމިގެން އެނބުރި ގެއަށް އާދެވޭ ވާހަކަ ހިއްސާކުރަމުން ޝަންގްރިއްލާގައި މަސައްކަތް ކުރި މީހަކު ކިޔައިދިނެވެ.
ޝަންގްރިއްލާގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއަށް ދަނީ ރަށުގެ ބޮޑުމަގަށް އަންނަ ބަހުން ފެރީ ޓާމިނަލަށް އަންނަ ފެރީންނެވެ. ފަސޭހަކަމާއެކު ވަޒީފާއަށް ގޮސް އާއިލާ ކައިރިޔަށް އެނބުރި ކޮންމެ ދުވަހަކުވެސް ރަށަށް އާދެވެއެވެ. މި ވަޒީފާ ގެއްލިގެން ދިޔުން ވެގެން ދިޔައީ މި ރައްޔިތުންގެ ދިރިއުޅުމަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމަކަށެވެ.
"އަހަންނަކީ ފަތުރުވެރިކަމުގެ ދާއިރާގައި 25 އަހަރަށްވުރެ ގިނަ އަހަރުވަންދެން މަސައްކަތް ކުރަމުން އައި މީހެއް. ރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަކުގައި އެކި މަގާމުތައްވެސް އަދާކުރިން. އައްޑޫގައި ހިންގަމުން އައި ބޮޑު ރިސޯޓުގައި ވެސް މަސައްކަތް ކުރިން. އޭރު އެތަނުގައި އައްޑޫގެ ގިނަ ބަޔަކު މަސައްކަތް ކުރި. ބައެއް ފަހަރު ހީވޭ އެތަނަކީ އައްޑޫގެ މީހުން އުޅޭ ވަކި ރަށެއްހެންވެސް. އެހާވެސް އައްޑޫގެ މީހުން އެތާ ގިނަ." ފަތުރުވެރިކަމުގެ ދާއިރާގައި ޝަންގްރިއްލާގައި ހޭދަވި ދުވަސްތަކުގެ ތަޖުރިބާ ހިއްސާކުރަމުން މީހަކު ކިޔައިދިނެވެ.
ޝަންގްރިއްލާ ބަންދުކުރިތާ އެތައް އަހަރެއް ވެފައިވާއިރު އެތަނުގެ މިހާރުގެ ހާލަތު އެނގޭ މީހަކުވެސް އައްޑޫގައި ނެތެވެ. ބަރާބަރަށް ހިންގަމުން އައި ރިސޯޓެއް ބަންދުކޮށް މިއަދާ ހަމައަށްވެސް މި ރިސޯޓު ނުހުޅުވި އޮތުމުން އައްޑޫގެ ފަތުރުވެރިކަމަށް ސަރުކާރުން ބަހައްޓަވާ އަހައްމިއްޔަތު ވަރަށް ސާފުކޮށް ހާމަވާކަމަށް ބައެއް މީހުން މަޖާޒީ ގޮތެއްގައި ބުނެއުޅެއެވެ.
"އައްޑޫ ވީމަ އައްޑޫގައި ސަރުކާރުން ވަރަށް ގިނަ ތަންތަން ވަނީ ހިމާޔަތް ކޮށްފައި. މިފަދަ ތަންތަން ހިމާޔަތް ކޮށްގެން އައްޑޫއަށް ލިބޭ ވަކި ކުރިއެރުމެއްވެސް ތަރައްގީއެއްވެސް ނެތް. ރައްޔިތުން ކިތަންމެ ބޭނުން ވިޔަސް މިފަދަ ތަންތަނުން އެހެން ރަށްރަށުގެ ރައްޔިތުން އާމްދަނީ ހޯދާ ގޮތަށް އައްޑޫގެ ރައްޔިތުންނަކަށް އާމްދަނީ އެއް ނުހޯދޭ. ސަރުކާރުތަކުން އައްޑޫ ތަރައްގީ ކުރަން އެއްވެސް ކަމެއް ނުކުރާ ހާލުގައި އައްޑޫގައި ލިބެން ހުރި ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައިގެންވެސް އައްޑޫ ރައްޔިތުންނަށް އައްޑޫއަށް ތަރައްގީއެއް ނުގެނެވޭ ގޮތް ސަރުކާރުތަކުން ވަނީ ހަދާފައި.” އައްޑޫގެ ވިޔަފާރިވެރިއަކު މި ނޫހަށް ދިން އިންޓަވިއުއެއްގައި ކިޔައިދިނެވެ.
އައްޑޫގެ ސުޕަ މެޖޯރިޓީ ހޯދައިގެން ވެރިކަމަށް އައި މި ސަރުކާރުން އައްޑޫ ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރޭގައި ހިތަދޫ އާއި ހުޅުމީދޫ އާ ދެމެދު ބުރިޖެއް އަޅައި ހުޅުވާނެ ކަމަށް ވީ ވައުދު ހިމެނެއެވެ. ދިގު ދަތުރެއްކޮށްފައި މި ދެރަށުގެ ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ދިއުމަށް ފެރީއާއި ލޯންޗުގައި ދަތުރުކުރި ނަމަވެސް މި ބުރިޖަކީވެސް ވޯޓު ހޯދަން ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނަކަށް ވެފައިވާ ކަމަށާ އައްޑޫގެ ބައެއް ރައްޔިތުން ބުނެއެވެ. އަދި އައްޑޫގެ ރައްޔިތުންނަށް ގަޑިންގަޑިއަށް ދޭ ބޭސްގުޅައެއް ގޮތަށް ބުރިޖު ހުޅުވުމުގެ ވާހަކަތައްވެސް މި ސަރުކާރުން ދައްކާ ކަމަށް އެރައްޔިތުން ބުނެއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖުގެ މަސައްކަތް ފެށުމަށް ސާވޭ ހަދަން 30 މިލިއަން ރުފިޔާ 2024 ވަ އަހަރުގެ ބަޖެޓުގައިވެސް ހިމެނިއެވެ. ނަމަވެސް އެ ސާވޭއެއް ނުކުރާ ހާލު އެ ފައިސާއިން ސަރުކާރުން ކުރި ކަމެއް އެނގޭ މީހާކުވެސް މިހާރު ނެތެވެ.
ހިތަދޫ-ހުޅުމީދޫ ބުރިޖުގެ އިތުރުން އައްޑޫގެ ރައްޔިތުންނަށް ސަރުކާރުން ވި އަނެއް ވައުދަކީ ހަންކެޑެ ޕްރޮޖެކްޓެވެ. އެތައް ލައްކަ ރުފިޔާއެއް ހޭދަކޮށް އައްޑޫގެ ރައްޔިތުން ހައްދާލައިގެން މި މަޝްރޫއުގެ މަސައްކަތް ފައްޓަން ތައްޔާތުވުމުގެ ގޮތުން ހަވާ އަރުވައި ބޮނޑިބަތްވެސް ބެހިއެވެ. އޭގެ ފަހުން މިއަދާ ހަމައަށް މި މަޝްރޫއުގެ އެއްވެސް ވާހަކައެއް ގެ އަޑު ނީވޭއިރު މިކަން މާޒީގައި ޕްލޭންކުރެވުނު ހިޔާލީ ފޮލައަކަށް މިހާރު ވަނީ ވެފައެވެ. މި މަޝްރޫއާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލަށްވެސް އަދި އެނގޭ އެއްވެސް މައުލޫމާތެއް ނެތެވެ. މި މަޝްރޫއާއި ގުޅޭގޮތުން ފެށުނީއްސުރެ ކައުންސިލުން އުފައްދާ ސުވާލަކީ މަޝްރޫއަށް ފައިސާ ހޯދާނީ ކިހިނެއްކަމާމެދު އުފައްދާ ސުވާލެވެ.
ކޮންމެއަކަސް ފަތުރުވެރިކަމަށް އައްޑޫ އަށް ބޮޑެތި ތަރައްގީ ގެންނަން ފޮނިކެނޑި އެއް ބޭފުޅަކަށް ހުންނެވި ފަތުރުވެރިކަމާ ބެހޭ ވަޒީރު މިހާރު ސަރުކާރުން ވަނީ ވަކިކުރައްވާފައެވެ. އެމަނިކުފާނުވެސް ވަނީ އައްޑޫގައި ނުހުޅުވައި ބަންދުކޮށްފައި ހުރި ރިސޯޓުތައް ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ.
2024 ވަނަ އަހަރުގެ ތެރޭގައި ހުޅުދޫ-ހިތަދޫ ބުރިޖުގެ އަމަލީ މަސައްކަތް ކުރާނޭ ކަމަށް މި ސަރުކާރުން ކުރިން ބުންޏެވެ. ނަމަވެސް 15 ޖުލައިގައި މި ބުރިޖުގެ މަޝްރޫއަށް ފައިނޭންސިން ހޯދިފައި ނުވާ ކަމަށް އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވި އެވެ. އެންމެ ފަހުން ސަރުކާރުގެ ސަމާލުކަމަށް މި ބުރިޖުގެ ވާހަކަތައް ގެނައީ އިދިކޮޅު ފަރާތްތަކެވެ. އެއާއެކު އައްޑޫގެ އެމްޕީންވެސް މިވާހަކަ ދެއްކިއެވެ. އަދި މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރާ ސުވާލުތައް ކުރިމަތިކުރުވިއެވެ.
ސަރުކާރުން ބުނި ގޮތުގައި އައްޑޫ ބުރިޖު އަޅަން ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހެޅީ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕުން ކަމަށެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައިވާއިރު މިހާރު އައްޑޫ ރައްޔިތުން ޖެހެނީ ބުރިޖުގެ މަސައްކަތް އަވަސްކޮށް ދިނުމަށް އެ ކުންފުންޏާ ސުވާލުތައް ކުރިމަތިކުރުވާށެވެ.
"އަޅުގަނޑަކީ މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި މީހެއް. ނަމަވެސް މިހާރު މި ސަރުކާރުގެ ކަންތައްތަކާ މެދު އަޅުގަނޑު ވަރަށް ކަންބޮޑުވޭ. ސަރުކާރުން ބޭނުން ކަމެއް ބޭނުން އިރަކު ކުރާއިރު އައްޑޫގެ އުމްރާނީ މަސައްކަތެއް ކުރަން ސަރުކާރަށް ދަތިވާތީ ކަންބޮޑުވޭ. އަބަދުވެސް ފެންނަނީ އައްޑޫގެ މަސައްކަތްތައް ލަސްކުރާތަން. މަޝްރޫއުތައް ހުޅުވާ ތާރީހުތައް ލަސްކުރާތަން ނޫން އެހެން ކަމެއް ނުވޭ އަދި މިދިޔަ ސަރުކާރުން ނިންމާފައިވާ ހަންކެޑެ ބްރިޖް ނިމިފައިވާއިރުވެސް އާއްމުންނަށް ހުޅުވާނުލާ އޮތް ސަބަބެއްވެސް ނޭނގޭ!" ސަރުކާރުން އައްޑޫގެ މަޝްރޫތައް ހިންގަން ބޭނުންނުވާކަމަށް ހާމަކުރަމުން އައްޑޫގެ ރައްޔިތަކު ކިޔައިދިނެވެ.
ވާރޭކޮޅެއް ވެހިލާއިރަށް ބުރިޖާ ވީ ދިމާލުން ލިންކު ރޯޑު މަގުގައި ހުންނަނީ ބޮޑެތި ވަޅުގަނޑުތައް ހެދިފައެވެ. ބައެއް ފަހަރު އެތަން ސިފަވަނީ އޮއްވަޅު ގޮނޑިއެއް ހެންނެވެ. އެއް ރަށުން އަނެއް ރަށަށް މި މަގު ހުރަސްކޮށް ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ދަތުރުކުރާއިރު ލިންކު ރޯޑުގައި ހުންނަ މިފަދަ ވަޅުތަކުގެ ސަބަބުން މީހުންގެ އަގުބޮޑު އުޅަނދުތައް ދަނީ ހަލާކުވެ ވީރާނާ ވަމުންނެވެ. މިފަދަ ތަކެތި މަރާމާތު ކުރެވުނު ކަމުގައި ވިޔަސް މި މަގުން ދަތުރުކުރާ މީހުންގެ ބުރަކައްޓަށް ކޮންމެ ދަތުރެއްގައި އެ އަރާ ލޮޅުމުގެ ސަބަބުން ލިބޭ ގެއްލުން އެއީ ފަސޭހައިން ހައްލުވާނޭ ކަމެއް ނޫނެވެ.
އައްޑޫގެ ރައްޔިތުން ބުނާ ގޮތުގައި ކޮންމެ ސަރުކާރެއް އަޔަސް އައްޑޫގެ ރައްޔިތުންނަށް ވާ އެއްވެސް ފައިދާއެއް ނޯވެއެވެ. އައްޑޫގައި ހިންގޭނެ މާ ބޮޑު މަޝްރޫއުތަކެއްވެސް ނެތް ކަމަށް ދައްކައި ސަރުކާރުތަކުން އަބަދުވެސް ރައްޔިތުންނަށް މަޖުބޫރު ކުރަނީ ރައްޔިތުން މާލެ ހިޖުރަކުރުމަށެވެ. ސަރުކާރުތަކުން ބޭނުން ނަމަ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީ އެއް އޮތް އައްޑޫ ތަރައްގީކުރުމަށް މަސައްކަތް ކުރާނެއެވެ. ނަމަވެސް އެއީ އެއްވެސް ސަރުކާރަކުން އަދި ބޭނުންވާ ކަމެއް ނޫނެވެ. މިކަމުގައި ރައްޔިތުންނަށް ނޭނގޭ އެތައް ވާހަކަތަކެއް އޮތުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އައްޑޫގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ އައްޑޫ މީހަކު ބުނި ގޮތުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް ވަކިކުރަންވަންޖެހިވަޑައިގެންނެވީ އައްޑޫގެ ރައްޔިތުންނަށްވީ ވަޢުދު ފުއްދަވަން ނުކުޅެދުމުން ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ ރައީސް ޑރ. މުއިއްޒު ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް ވަކިކުރެއްވީ އޭނާގެ ނާޤާބިލް ކަމުން. އެހެންވީމާ މީހާރު ވަރަށް ބޮޑަށް އުއްމީދު ކުރެވޭ ލަސްތަކެއް ނުވެ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނެ ކަމަށް. މީހަމަ ވަރަށް ރަނގަޅު ނިންމުމެއް." ކަންބޮޑުވުން ފާޅުކުރަމުން އައްޑޫގެ ހަރުމީހަކު އޭނާގެ ޝުޢޫރު ހާމަކުރިއެވެ.
ހަގީގަތަކީ މި ސަރުކާރުންވެސް އައްޑޫގެ ތަރައްގީއަށް މަސައްކަތް ކޮށް ދީފިނަމަ ރައްޔިތުން އެކަން ބަލައިގަންނާނެ ކަމެވެ. އެއީ ބޮޑު އާބާދީއަކުން ސަރުކާރަށް ލިބޭނޭ ބޮޑު ތަރުހީބަކަށް ވާއިރު އެއީ ދެން އަންނަ އިންތިހާބަކަށްވެސް އައްޑޫއިން މި ސަރުކާރަށް ލިބޭނޭ ގިނަ ވޯޓުތަކަކަށް ވާނެއެވެ.
ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު އެދުމަކީ މިހާރު ނިމިފައި އޮތް ހަންކެޑެ ބްރިޖުން އާއްމުންނަށް ދަތުރުކުރެވޭ ގޮތް ހަދައި މި ސަރުކާރުން އައްޑޫގެ ރައްޔިތުންނަށްވީ ވައުދާ އެއްގޮތަށް އައްޑޫގެ ޝަންގްރިއްލާ ރިސޯޓު ހުޅުވި އަދި ހަންކެޑެ މަޝްރޫޢު އާއި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތްވެސް ފެށިގެން ކުރިއަށް ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު