ޕްރަބާސް- ގޫގުލް އިމޭޖެސް
ޕްރަބާސް- ގޫގުލް އިމޭޖެސް
ތެލަގޫ ސުޕަސްޓާރ ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "ސްޕިރިޓް" ގެ ޝޫޓުތައް މި އަހަރު މޭއި މަހު ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޕިންކްވިލާގެ ރިޕޯޓެއްގައި ބުނެފައިވަނީ ސަންދީޕު ރެޑީ ވަންގާ މިހާރު މި ފިލްމުގެ ސްކްރިޕްޓު ތައްޔާރު ކޮށްފައިވާ ކަމަށާއި، މިއަހަރު މޭއި މަހު ފިލްމުގެ ޝޫޓުތައް ފަށަން ހަމަޖެހިފައިވާ ކަމަށެވެ. މި ފިލްމަކީ 2001 ގައި ނެރުނު ޗިޔާން ވިކްރަމްގެ ފިލްމު "ދިލް" ގެ ރީމޭކެއް ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި ފިލްމުގައި ޕްރަބާސް ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. ތަފާތު އެކި ކަހަލަ އެކްޝަން ސީކުއެންސްތައް ހިމެނޭ މި ފިލްމަށް ތައްޔާރު ވުމަށް ޕްރަބާސް ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުގައި ވެއެވެ. އެގޮތުން ފިލްމުގެ ޝޫޓިން ފެށެން ވާއިރަށް ހަށިގަނޑުގެ ބައްޓަމަށް ބަދަލުތަކެއް ގެންނަން އޭނާ މަސައްކަތް ކުރާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ޕްރަބާސް މިހާރު މަޝްއޫލުވެ އުޅެނީ އޭނާގެ ފިލްމު "ދަ ރާޖާ ސާބު" ގެ ޝޫޓުތަކުގައެވެ. މި ފިލްމުގެ ޝޫޓުތައް ނިންމުމަށްފަހު "ސްޕިރިޓު" ގެ ޝޫޓުތައް ފެށުމަށް ދުވަހެއް ކަނޑައަޅާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕްރަބާސްގެ "ސްޕިރިޓް" ނެރެން ހަމަޖެހިފައިވަނީ 2026 ގައެެވެ. މި ފިލްމުގެ އިތުރު އެއްވެސް ކާސްޓެއްގެ ނަން އަދި މީޑިއާތަކާ ހިއްސާ ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން