އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ އަދަދު އިތުރުކޮށްފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތިން ވަނަ ދައުރުގެ ފުރަތަމަ ބަޖެޓު މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާއިރު އިންޑިއާއިން އެހީ ދޭ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް މި ފަހަރުވަނީ 600 ކުރޯޑް ރުޕީސް ކަނޑައަޅައިފައެވެ. އެއީ 1.06 ބިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި ޢަދަދަށް ވުރެ 200 ކުރޯޑް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައެޅީ، 400 ކްރޯޑް ރުފީސް ނުވަތަ 732 މިލިއަން ރުފިޔާއެވެ. ނަމަވެސް ފަހުން އެ އަދަދުވަނީ 470 ކްރޯޑް ރުޕީސް ނުވަތަ 835 މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.
މިދިޔަ އަހަރު އެންމެ ފުރަތަމަ ރާއްޖެއަށް ދޭން ކަނޑައެޅިީ 1.06 ބިލިއަން ރުފިޔާގެ އެހީއެވެ. އެ އަދަދު 732 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވަނީ އޭގެ ފަހުންނެވެ.
އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލުން ޖެހިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށެވެ.
މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއިން ވަނީ ރާއްޖެއިން އެޤައުމަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެއް ރޯލްއޯވާ ކޮށްދީފަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރު އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ވެސް ރާއްޖެއަށް ހަމަޖައްސައިދީފައެވެ.
އިންޑިއާއިން ރާއްޖެއަށް 1 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމާފައިވާއިރު، އެ ގައުމުން ދަނީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ތިލަމާލެ ބްރިޖު މަޝްރޫއު އާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު ފާހަގަކޮށްލެވެއެވެ.
އޭގެއިތުުރުން، ރައީސް ޑރ. މުޢިއްޒު މިދިޔަ އަހަރު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމު ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު