ހޯމް މިނިސްޓަރ އަލީ އިހުސާން- ގޫގުލް އިމޭޖެސް
ހޯމް މިނިސްޓަރ އަލީ އިހުސާން- ގޫގުލް އިމޭޖެސް
ޜާއްޖޭގެ ޝަރުއީ މައްސަލަތަކުގެ ޝަރީއަތް ކުރާ ގާޒީ ނޭނގޭގޮތަށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ޕީޖީ އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ބަންދު ފޯރަމް" ގައި ވާހަކަ ދައްކަވަމުންނެވެ. މި ފޯރަމަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބެންޖެހޭ ނުވަތަ ވާނުވާ ބަންދުގެ މައްސަލަ އަށް ހައްލު ހޯދުމުގެ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ފޯރަމެކެވެ.

މި ފޯރަމްގެ ޕެނެލްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި ޝަރީއަތްތައް ކުރާ ގާޒީންނަކީ ކޮބައިކަން އެންމެންނަށްވެސް އެނގޭ ކަަމަށެވެ. އަދި މިކަމުގެ ސަބަބުން ބައެއް ފަހަރު ޝަރީއަތްތަކާ ގުޅުވައި ތަފާތު މައްސަލަތައް ދިމާވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިސަބަބާހުރެ ގާޒީ ނޭނގޭގޮތަށް ޝަރީއަތް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެވިދާނެ ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ހިޔާލު ފާޅުކުރައްވާ ފައެވެ.

އަދި ޝަރީއަތް ކުރިއަތް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި، ޝަރީއަތްތައް ދިގުދެމިގެންދާ ސަބަބުތަކަށް ބަލާއިރު ކޯޓުތަކާއި ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއްގެ ޒިންމާވެސް ބޮޑުކަން މިނިސްޓަރ ފާހަގަ ކުރައްވާފައި ވެއެވެ.

ވާނުވާ ބަންދުގެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި މައްސަލައަށް އޮތް ހަމައެކަނި ޙައްލަކީ ޝަރީޢަތް އަވަސް ކުރުން ނޫން ކަމުގައި ވީނަމަވެސް އެއީ އޭގެ އެންމެ އެދެވޭ އެއް ހައްލު ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށްޓަކައި ބަންދުގައި ތިބި މީހުންގެ ލިސްޓުތައް ބައްލަވާފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުންނަކީ ތަކުރާރުކޮށް ކުއްތަކަށް އަރައިގަންނަ މީހުން ކަމަށްވުމުން ބަންދައް ލުޔެއް ދެވެން ނޯންނަ ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ބަންދުގެ މައްސަލައްށް އަވަސް ހައްލެއް ހޯދޭނެ ގޮތްތަކާމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ފޯރަމްގައި މިނިސްޓަރ އިހުސާންގެ އިތުރުން، ޕީޖީ އައްބާސް އާއި، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން