އަރުޖުން ކަޕޫރު- ގޫގުލް އިމޭޖެސް
އަރުޖުން ކަޕޫރު- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "މެރޭ ހަޒްބެންޑް ކޭ ބީވީ" ގެ ޓްރެއިލާ ނެރުނު ހަފްލާގައި ތިބި ރިޕޯޓަރުންގެ ފަރާތުން އޭނާ އެދިފައިވަނީ ޒާތީ ސުވާލުތައް ނުކުރުމަށެވެ.

އޭނާ މިހެން އެދިފައިވަނީ ރިޕޯޓަރަކު އޭނާގެ ކައިވެނި ޕްލޭންތަކާ ބެހޭގޮތުން ސުވާލެއް ކުރުމުންނެވެ. މި ސުވާލަށް ޖަވާބު ދެމުން އަރުޖުން ބުނެފައިވަނީ އެކަހަލަ ކަމެއް ރާވާނަމަ އެކަން އެންމެނަށް އަންގާނެ ކަމަށާއި، އެ ހަފްލާއަކީ ފިލްމުގެ ޓްރެއިލާ ނެރުނު ހަފްލާއެެއް ކަމުން ފިލްމާ ބެހޭ ސުވާލުތައް ކުރުމަށެވެ.

އަދި ޒާތީ ދިރިއުޅުމާ ބެހޭ މައުލޫމާތު އެހާ ބޮޑަށް ހިއްސާ ކުރަން ބޭނުން ނުވާ ކަމަށް ބުނެ އެފަދަ ސުވާލުތައް ނުކުރުމަށް އަރުޖުން ވަނީ ރިޕޯޓަރުންގެ ފަރާތުން އެދިފައެވެ.

އަރުޖުން އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިފައިވަނީ ފިލްމީތަރި މަލައިކާ އަރޯރާއާއެވެ. 6 އަހަރު ދުވަހު އެކުގައި އުޅުމަށްފަހު އެ ދެލޯބިވެރިން ވަކިވެފައިވަނީ މިދިޔަ އަހަރުއެވެ.

"މެރޭ ހަޒްބެންޑް ކޭ ބީވީ" ގެ ޓްރެއިލާ އިއްޔެ ނެރެފައިވާއިރު މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީ ފިލްމެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި ޓްރެއިލާއިން ފެންނަ ގޮތުގައި މި ފިލްމުގައި "ލަވް ޓްރޭންގަލް" އެއްވެސް ވެއެވެ. މުދައްސަރު އަޒީޒު ޑައިރެކްޓުކުރާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 21 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން