ސިޔާސީ މަސްރަހުގައި މިހާތަނަށް ފެނުނު ކަންކަމަށް ބަލާއިރު ބްރޯ ނިކުމެ އަލިފަށް ވާތަންވެސް ފެނިފައިވާ ކަމަށް ކުރީގެ އެޓާރނީ ޖެނެރަލް ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.
ޑރ. ސަވާދު މިހެން ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގައި މިހާތަނަށް ކުރެވުނު ތަޖުރިބާތަކުން ފެނިފައިވާ ހަގީގަތްތައް ހިއްސާކުރުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރާއްޖޭގެ ވެރިކަން މިހާރު ހިނގާ ނިޒާމުން ތަޖުރިބާކުރެވި ފެންނަމުންދާ ބައެއް ކަންކަން ސަވާދު ވަނީ ހިއްސާ ކުރައްވާފައެވެ. ސަވާދު ވިދާޅުވީ "ނާތަހުޒީބު ބަޔަކު ނިކުމެ ގާނޫނު އަސާސީން ދީފައިވާ ޖާގައިގެ ބޭނުން އަމިއްލަ މަންފާއަށް ބޭނުންކޮށް، ސިޔާސީ ނިޒާމުގައި ރިޝްވަތާ ވައްކަމުގެ "ބްރޯ ކަލްޗަރ" އެއް އުފައްދައިފި" ކަމަށެވެ. އަދި ސިޔާސީ މަސްރަހުގައި ފައިސާއާއި، ދޮގާ، މަކަރުވެރިކަމާ، ހީލަތްތެރިކަން އާންމުވެ، ރައްޔިތުންގެ ބާރުވެރިކަން ގެއްލި މުއައްސަސާތައް ބްރޯއިންގެ މުށުތެރޭ ގައިދުވެފައިވާ މަންޒަރު ފެންނަމުންދާ ކަމުގައި ވެސް ސަވާދު ވިދާޅުވެފައި ވެއެވެ.
"ސިޔާސީ ޕާޓީތަކުގެ ނިޒާމު ނުހައްގު ފައިސާގެ ވަބައިގައި ޖެހި އަންނަނީ ތަޣައްޔަރުވަމުން. މިހާރު ކަންތައް ވަމުންދާ ގޮތަށް ދާނަމަ ރައްޔިތުންގެ ބާރުވެރިކަން ރަމްޒީ އެއްޗަކަށްވެ، ބްރޯއިންގެ ދައުލަތަކަށް ރާއްޖެ ވެދާނެ." ސަވާދު ވިދާޅުވެފައި ވެއެވެ.
މިކަންތައް ފާހަގަ ކުރަމުން ޑރ. ސަވާދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ބަލާއިރުވެސް ތަޖުރިބާ ކުރެވިފައިވާ ކަންތައްތަކުން ދައްކުވައިދެނީ ޑިމޮކްރެޓިކު ނިޒާމުގެ ހަލާކަކީ ޚުދު އެއިން އުފަންވާ އެއްޗެއްކަމެވެ. އަދި ބްރޯ ކަލްޗަރގެ ވެރިކަމަށް ދައުލަތް ފުރޮޅެން ފެށުމާއެކު ޑިމޮކްރެސީ ޑެފިސިޓު އިތުރުވާނެ ކަމަށާއި، ދައުލަތުގެ ހިންގުން ގަނެވިއްކާ ބާޒާރަށް ބަދަލުވާނެ ކަމަށް ޑރ. ސަވާދު ވިދާޅުވިއެވެ.
އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ ވެރިކަން ގެއްލި، އެހިސާބުން ބާރުގަދަ މީހާގެ ބާރުގެ ވެރިކަމަށް އެނބުރި މީސްތަކުން ދިޔުމަކީ ވަރަށް ގާތް ކަމެއް ކަމަަށްވެސް ސަވާދު ވިދާޅުވިއެވެ. އަދި ކަން މިހެން ވެއްޖެ ނަމަ އެއީ ހޫނު ތަވާއިން ސަލާމަތްވާން އަލިފާންގަނޑަކަށް ފުންމާލުން ފަދަ ކަމެއް ކަމަށްވެސް ޑރ. ސަވާދު ވިދާޅުވިއެވެ.
"ވަގު ނިކުމެ ވަގުހިފާ ކުޅި ބަލައިފިން، ދޮގުވެރިޔާ ނިކުމެ ދޮގު ތެދަށް ހަދާ އަޑު އަހައިފިން، ބްރޯ ނިކުމެ އަލިފަށް ވާތަންވެސް ފެނިއްޖެ." ސަވާދު ވިދާޅުވިއެވެ .
ޑރ. ސަވާދު އިތުރަށް ވިދާޅުވީ ކެހިވެރިންގެ ކެހީގައި ޖެހި، މި ވަތަނާއި ދިވެެހި ދައުލަތް ހަލާކު ވިޔަ ނުދޭން މަސައްކަތް ކުރަން ތިބީ ދިވެހި ރައްޔިތުން ކަމަށެވެ.

ފެހި ޤާނޫނު އަސާސީގަ މިހާތަނަށް ކުރެވުނު ތަޖްރިބާތަކުން ސާފުކޮށް ފެންނަ ޙަޤީޤަތްތަކަކީ:
— ahmad ali sawad (@DrSawad) February 2, 2025
1- ތަހްޒީބު މުޖްތަމަޢުތަކުގަ ކަންކުރަމުން އަންނަ ދުސްތޫރީ ޘަޤާފަތްތަކަށް ޤާނޫނު އަސާސީން ދީފަވާ ޖާގައިގެ ބޭނުން ނާތަހްޒީބު ބަޔަކު ނިކުމެ އަމިއްލަ އެދުމާ ޒާތީ މަންފާއަށް ބޭނުންކޮށް
1/6
"ވަގު ނިކުމެ ވަގުހިފާ ކުޅި ބަލައިފިން، ދޮގުވެރިޔާ ނިކުމެ ދޮގު ތެދަށް ހަދާ އަޑު އަހައިފިން، ބްރޯ ނިކުމެ އަލިފަށް ވާތަންވެސް ފެނިއްޖެ." ސަވާދު ވިދާޅުވިއެވެ .
ޑރ. ސަވާދު އިތުރަށް ވިދާޅުވީ ކެހިވެރިންގެ ކެހީގައި ޖެހި، މި ވަތަނާއި ދިވެެހި ދައުލަތް ހަލާކު ވިޔަ ނުދޭން މަސައްކަތް ކުރަން ތިބީ ދިވެހި ރައްޔިތުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު