ޓިކްޓޮކް ވީޑިއޯތަކެއްގެ ސަބަބުން ބައްޕައަކު އޭނާގެ އަންހެން ދަރިފުޅު މަރާލައިފިއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 14 އަހަރުގެ ހިރާ އަންވަރެވެ. މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ އަވަށެއް ކަމަށްވާ ކުއެޓާ ގައެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެގައުމުގެ ފުލުހުން ބުނީ ހިރާގެ މަރުގެ މައްސަލައިގައި އޭނާގެ ބައްޕަ އަންވަރު އަލް ހައްގު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަންވަރު ފުރަތަމަ އޭނާގެ ދަރިފުޅު މެރިކަމަށް އެއްބަސްނުވާ ކަމަށާއި، ފުރަތަމަ އޭނާ ބުނެފައިވަނީ އޭނާގެ ދަރިފުޅުގެ ގަޔަށް ކޮންމެވެސް ގޮތްނޭނގޭ މީހަކު ބަޑި ޖެހީ ކަމަށެވެ. ނަމަވެސް ފަހުން އޭނާ އަމިއްލަައަށް ދަރިފުޅުގެ ގަޔަށް ބަޑި ޖަހައި މެރިކަމަށް އެއްބަސްވެފައިވާ ކަމަށާއި، އޭނާ އެކަން ކޮށްފައިވަނީ ހިރާ ޓިކްޓޮކްއަށް ވީޑިއޯ ލާތީކަމަށް ބުނެފައިވާކަމަށްވެސް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ މިހާރު ހުރިހާ ގޮތަކުންވެސް ތަހުގީގު ކުރަމުންދާ ކަމަށާއި، މިއީ ޝަރަފުވެރިކަމުގެ މަރެއް ކަމަށް ބެލެވޭ ކަމަށެވެ.
ހިއުމަން ރައިޓްސް ގްފޫޕުތަކުން ބުނާ ގޮތުގައި ޝަރަފުވެރިކަމުގެ މަރަކީ ޕާކިސްތާނުގައި ވަރަށް އާންމު ކަމެކެވެ. މިގޮތައް ކޮންމެ އަހަރަކު އެގައުމުގައި އެތައް ބަޔަކު މަރުވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަދި މިގޮތައް ޝަރަފުވެރިކަމުގެ މަރުން މީހުން މަރާ އުޅެނީ އާންމު ގޮތެއްގައި އާއިލާގެ ޝަރަފު ދަމަހައްޓަންވެގެން އާއިލާ މީހުން ކަމަށްވެސް ހިއުމަން ރައިޓްސް ގްފޫޕުތަކުން ބުނެފައި ވެއެވެ.
ހިރާގެ މަރުގެ ހާދިސާއަށް ބަލާއިރުވެސް މިއީ މިފަދަ މަރެއް ކަމަށް ބެލެވޭ ސަބަބުތަކެއް ވާކަމަށް ރިޕޯޓުތަކުގައި ވެއެވެ. އެގޮތުން ހިރާގެ އާއިލާ މީހުންނަކަށް އޭނާ ހެދުންއަޅާ ގޮތާއި، ދިރިއުޅެމުންދިޔަ ގޮތް ކަމު ނުދާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި 25 އަހަރުވަންދެން އެމެރިކާގައި ދިރިއުޅުމަށްފަހު ހިރާގެ އާއިލާއިން ޕާކިސްތާނަށް ދިރިއުޅުން ބަދަލުކުރީ ދާދި ފަހުންނެވެ. އަދި އެމެރިކާގައި ދިރިއުޅުނުއިރުވެސް ހިރާ ޓިކްޓޮކް ބޭނުން ކުރާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެމީހުންނަށް މިހާރު ހިރާގެ ފޯނު ލިބިފައިވާކަމަށާއި، އެ ފޯނު ވަނީ ޕާސްވޯޑަކުން ލޮކް ކޮށްފައި ކަމަށެވެ. އަދި ހިރާ މަރާލުމުގައި ބައިވެރިވެފައިވާ ކަމުގެ ތުހުމަތުގައި އޭނާގެ ޅިޔަނުވެސް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މިގޮތަށް ޝަރަފެވެރިކަމުގެ މަރުން ޕާކިސްތާނުގައި މީހުން މަރާ މީހުންނަށް މީގެ ކުރިން އާއިލާއިން މާފު ދިނުމުން ޖަލު ހުކުމެއް ނާދެއެވެ. ނަމަވެސް 2016 ގައި އާ ގާނޫނުތަކެއް ހަދައި މިގޮތަށް މީހުން މަރާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުން ތަންފީޒު ކުރާ ގޮތަށް ޕާކިސްތާނުގެ ސަރުކާރުން ވަަނީ ނިންމާފައެވެ.
މަސްދަރު: ސީއެންއެން

ކިޔުންތެރިންގެ ހިޔާލު