އާމިރު ޚާން- ގޫގުލް އިމޭޖެސް
އާމިރު ޚާން- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ޑައިރެކްޓަރު އާމިރު ޚާންގެ 60 ވަނަ އުފަންދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ 60 އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން އާމިރު ބޭނުންވާ ކަމަށާއި، މިފަހަރު އޭނާގެ އުފަންދުވަހުގެ ހަފްލާ ބާއްވަން ގަސްތުކުރަނީ ބަންޑުރާގެ ފަސް ތަރި ހޮޓަލެއްގައި ކަމަށެވެ. އަދި މި ހަފްލާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ތަރިންނަށް ދައުވަތު ދޭން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

އޭގެ ތެރޭގައި ސަލްމާން ޚާން، ޝާހުރުކް ޚާން، ދިޕިކާ ޕަޑުކޯން، ރަންވީރު ސިންގު އަދި ކަރީނާ ކަޕޫރު ޚާން ފަދަ އޭ ލިސްޓު ތަރިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ މިފަދަ ބޮޑު ހަފްލާއެެއް އޭނާގެ އުފަންދުވަހާ ދިމާކޮށް ބާއްވާ ފުރަތަމަ ފަހަރު ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

އާމިރު ބުނެފައިވަނީ މިއަހަރުގެ އުފަންދުވަސް އެހާ ކުލަ ގަދަކޮށް ފާހަގަ ކުރަން ނިންމާފައި ވަނީ ފާއިތުވި އަހަރަކީ މަސައްކަތުގެ މައިދާނުގައިވެސް އަދި ޒާތީ ދިރިއުޅުމުގައިވެސް ވަރަށް ހާއްސަ ކަންތައްތަކެއް ހިނގާދިޔަ އަހަރަކަށް ވާތީ ކަމަށެވެ. އަދި މި ޕާޓީ ބާއްވަނީ އެހުރިހާ ކަމަކަށްވެސް ވަރަށް ޝުކުރުވެރިވެ އެކަންތައް އާއިލާ އާއި އެކުވެރިންނާއެކު ފާހަގަ ކުރަން ބޭނުންވާތީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި އިވެންޓު ރޭވުމުގައި އާމިރު ވަރަށް ބޮޑަށް މަޝްއޫލުވެ އުޅޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން