"ނޯ އެންޓްރީ" ގެ ސީކުއެލް ޝޫޓުކުރަން މިއަހަރުތެރޭ ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ ފިލްމު އުފެއްދުންތެރިޔާ އަނީސް ބަޒްމީ އާއި މި ފްރެންޗައިސްގެ ޕްރޮޑިއުސަރު ބޯނޭ ކަޕޫރު މިހާރު ވަނީ ފިލްމަށް ތައްޔާރު ވުމުގެ ގޮތުން ގްރީސްގައި ކަމަށެވެ.
މި ފިލްމުގެ ޝޫޓުތައް ކުރިއަށް ދާނީ ގްރީސް ގައި ކަމަށްވީއިރު، ފިލްމުގެ މަންޒަރުތައް ޝޫޓު ކުރަން ހަމަޖެހިފައިވާ ބައެއް ތަންތަނުގެ ފޮޓޯތައްވެސް މިހާރު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
"ނޯ އެންޓްރީ" ނެރެފައިވަނީ 2005 ގައެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ފަރުދީން ޚާން، ސަލްމާން ޚާން، އަނިލް ކަޕޫރު، ބިޕާޝާ ބާސޫ އަދި އިޝާ ޑިއޯލް ފަދަ ތަރިން ހިމެނެެވެ.
ނަމަވެސް "ނޯ އެންޓްރީ 2" ގެ ކާސްޓުން މުޅިން ތަފާތު ވާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން މި ފިލްމުފެ ލީޑު ފިރިހެން ތަރިންގެ ތެރޭގައި ވަރުން ދަވަން، އަރުޖުން ކަޕޫރު އަދި ދިލްޖިތު ދޯސަންޖު ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ނަމަވެސް މި ފިލްމުގެ އަންހެން ކާސްޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު