ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހް
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހް
ރައީސް ޔާމީނަކީ މިފަހުގެ ތާރީޚުގައި މިޤައުމު ދުށް އެންމެ ބޮޑު މަކަރުވެރި، ޚިޔާނާތްތެރިޔާ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހް މިހެން ވިދާޅުވީ ރައީސް ޔާމީންގެ ޕީއެންއެފްގެ ޖަގަހަ ބައްދަލުވުމެއްގައި ރައީސް ޑރ. މުޢިއްޒަކީ ސިޔާސީ ޕާޓީގެ ތެރެއިން މަނީ ލޯންޑަރ ކުރާ ހަމައެކަނި ރައީސް ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ފަލާޙް ވިދާޅުވެފައިވަނީ ރައީސް ޔާމީނަކީ މިފަހުގެ ތާރީޚުގައި މި ޤައުމު ދުށް އެންމެ ބޮޑު މަކަރުވެރި، ޚިޔާނާތްތެރިޔާ ކަމަށެވެ.

"ރައީސް މުޢިއްޒަކީ މި ޤައުމު ދުށް އެންމެ އަމާނާތްތެރި ރައީސް. ޔާމީން އަކީ މިފަހުގެ ތާރީޚުގައި މި ޤައުމު ދުށް އެއްމެ ބޮޑު މަކަރުވެރި، ޚިޔާނާތްތެރިޔާ." ފަލާޙް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ފަލާޙް ވަނީ ރައީސް ޔާމީން ކުރެއްވި ކަންކަން އޮއްބާލަން ނޫޅުއްވުމަށްވެސް ގޮވާލައްވާފައެވެ.

"އިންސާފް އަރާ ހަމަ ކުރާނެ." ފަލާޙް ވިދާޅުވިއެވެ.

ފަލާޙް މިހެން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ޚިޔާނާތުގެ ދައުވާގެ ޝަރީޢަތްތައް ޝަރުޢީ މަރުޙަލާގައި ދަނީ ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން