ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާންގެ ފިލްމު "ޖުވެލް ތީފް" ގެ ފުރަތަމަ ޓީޒަރު ދައްކާލައިފިއެވެ.
މިފިލްމުވެ ފުރަތަމަ ޓީޒަރު އާންމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަައި ނެޓްފްލިކްސް އިންނެވެ. މި ފިލްމަކީ މިދިޔަ އަހަރު އިއުލާންކުރި ހެއިސްޓު ތުރިލާ ފިލްމު ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމުގައި ސައިފް ކުޅެނީ "ޖުވެލް ތީފް" ގެ ރޯލެވެ. އެގޮތުން މި ފިލްމުގައި ވަރަށް ބާރުވެރި ފަރާތަކުން އޭނާއަށް އަގުހުރި ޖަވާހިރެއް ވަގަށް ނެގުމުގެ މަސައްކަތް ހަވާލު ކުރެއެވެ. މި ފިލްމުގައި ފެންނާނީ އެ ޖަވާހިރު ވަގަށް ނެގުމުގެ ތެރޭގައި އޭނާއަށް ދިމާވާ ތަފާތު އެކި ކަންތަައްތަކެވެ.
ސިދާތު އަދި މަމްތާ އަނަންދު ޕްރޮޑިއުސްކުރާ މި ފިލްމުގައި "ކްރައިމް ލޯޑު" ގެ ގޮތުގައި ފެންނާނީ ޖެއިދީޕް އަހުލަވަތުއެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސައިފް އާއި ޖެއިދީޕްގެ އިތުރުން ނިކިތާ ދައްތާ އަދި ކުނާލް ކަޕޫރުވެސް ހިމެނެއެވެ. އަދި މި ފިލްމު ޑައިރެކްޓު ކުރާނީ ކުކީ ގުލާޓީ އާއި ރޮބީ ގްރެވާލް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު