ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވާއިރު އުފެދޭ ކުނި މަގުމައްޗަށް ނުނެރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އީޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރޯދައަށް ތައްޔާރުވެ ގޭތެރެ ޒީނަތްތެރި ކުރާއިރު ގިނަ އަދަދެއްގެ ކުނި އުފެދޭ ކަމަށާއި، އެހެން އުފެދޭ ކުނި ރަށްރަށާއި ސިޓީތަކުގެ މަގުމައްޗަށާއި ދުވާރު މައްޗަށް ނެރޭކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި ގޭބިސީތަކާއި ފިހާރަތަކުން އުފެދޭ ކުނިވެސް މިހާރަކަށް އައިސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރޭކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އީޕީއޭއިން ބުނެފައި ވެއެވެ.
މިކަމުގެ ސަބަބުން މަގުތައް ނުސާފުވެ، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިތައް ދިމާވާ ކަމަށާއި، މިކަމަކީ އޭގެ ސަބަބުން ސިއްހީ މައްސަލަތައްވެސް ކުރިމަތިވުމަށް މަގުފަހިވާ ކަމެއް ކަމުގައި އީޕީއޭއިން ބުނެފައި ވެއެވެ.
މިސަބަބުތަކާހުރެ މަގުމައްޗަށާއި، ހުސްކޮށް ހުންނަ އިމާރާތްތަކަށާއި، އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ރޯދައަށް ތައްޔާރުވުމަށް ގެއާއި ގޯތިތައް ސާފުކުރާއިރު ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ރަށްރަށުގައި އާއި ސިޓީތަކުގައި ކުނި މެނޭޖުޖުރުމުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅައިގެން ހަމަޖެއްސެވުމަށްވެސް އީޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު